ޓީ-ސީރީޒުން ނެރުނު “ޕަތީ ޕަތްނީ އައުރް ވޯ ދޯ”ގެ ޓީޒާއަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
އާޔުޝްމަން ކުރާނާއާ އެކު ސާރާ ޢަލީ ޚާން، ވަމީޤާ ގައްބީ އަދި ރަކްލް ޕްރީތު ސިންގް ފެނިގެންދާ މި ޓީޒާގައި ދައްކައިދެނީ ލޯބީގެ ގުޅުންތައް އޮޅުންބޮޅުންވެގެންދާ މަންޒަރެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ފިލްމުން ބައިވެރިޔާއަށް ބޭވަފާތެރިވުން ރީތިކޮށް ދައްކައި، ޖިންސީ ތަފާތުކުރުމުގެ ބާވެފައިވާ ވިސްނުންތައް ފަތުރާ ކަމަށެވެ.
“ސީރިއަސް މައްސަލަތައް ‘ކޮމެޑީ’ އަކަށް ހެދުން ބޮލީވުޑުން ހުއްޓާލަން ޖެހޭ. ބޭވަފާތެރިވުން ވިޔަސް، ވިހަ ގުޅުންތައް ވިޔަސް، ހުރިހާ އެއްޗެއް ހެއްވާ ނުވަތަ ކަމެއްގެ ގޯތުގައި ގެނެސްދެނީ” ކަމަށް ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތަކުން ލިޔެފައިވެއެވެ. އެހެން ފަރާތަކުން ލިޔުނީ “ހަމައެކަނި ޚިޔާނާތްތެރިވުން އާދައިގެ ކަމަކަށް ހަދަނީއެއްނޫން. ނެގެޓިވް ޖެންޑާ ސްޓީރިއޯޓައިޕްތައް ވެސް ފަތުރަނީ” ކަމަށެވެ.
މި ފިލްމަކީ 2019 ވަނަ އަހަރު ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބުނު “ޕަތީ ޕަތްނީ އައުރް ވޯ” ސީކުއެލެކެވެ.
View this post on Instagram
