ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަޝްނީރު ގްރޯވާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އާމިރު ޚާނާއެކު ޝްރައްދާ ކަޕޫރު

‘ސްޓްރީ’ އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ ޝްރައްދާ ކަޕޫރު، ބާރަތުޕޭގެ ކޯ-ފައުންޑަރ އަޝްނީރު ގްރޯވާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ބައޮޕިކްގެ ތަރިންގެ ތެރޭގައި ހިމެނިއްޖެއެވެ. މި ފިލްމުގައި އަޝްނީރުގެ ރޯލުން ފެނިގެންދާނީ މަޝްހޫރު އެކްޓަރ އާމިރު ޚާން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ‘އާޝިގީ 2’ އިން ވިދާލި ބަތަލާ ޝްރައްދާ ކަޕޫރު މި ޕްރޮޖެކްޓާ ގުޅިފައިވަނީ ފިލްމުގެ މަސައްކަތްތައް ފެށުނު ކުރީކޮޅުގައެވެ. މި ފިލްމުގައި އޭނާ ކުޅުމަށް ހަމަޖެހިފައިވަނީ އަޝްނީރުގެ އަނބިކަނބަލުން މާދުރީ ޖެއިން ގްރޯވާގެ ރޯލެވެ.

ފިލްމާ ގުޅުންހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ފިލްމުގެ މަސައްކަތްތައް ރޭވެމުންދިޔައިރުވެސް، އަންހެން ބަތަލާގެ ރޯލަށް ޝްރައްދާ ހަމަޖެއްސުމަށް އޮތީ ނިންމާފައެވެ.

މި ފިލްމަކީ ވިޔަފާރީގެ ދާއިރާގައި އަޝްނީރު ކުރި ދަތުރާއި، 2022 ވަނަ އަހަރު ބާރަތުޕޭ އިން އޭނާ ވަކިވާން ޖެހުނު ހަލަބޮލި ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އޭގެ ތެރޭގައި ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ އޭނާ އާއި އޭނާގެ އާއިލާގެ މައްޗަށް ކުރެވުނު ތުހުމަތުތައްވެސް ހިމެނެއެވެ. މާދުރީ ޖެއިން ގްރޯވާ އަކީ އެ ކުންފުނީގެ ހެޑް އޮފް ކޮންޓްރޯލްސްގެ މަގާމުގައި ހުރި މީހެކެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅިގެން ހަމަ އެ އަހަރު އޭނާ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރުމުގެ މަސައްކަތް ރާހުލް މޯދީ ކުރަމުން އަންނަތާ މިހާރު ތިން އަހަރު ވެއްޖެއެވެ. ރާހުލް އަކީ ‘ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ’ (2018) ފަދަ ފިލްމުތަކުގެ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އަދި ރާހުލް އާއި ޝްރައްދާ އާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށްވެސް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.

މި ޕްރޮޖެކްޓަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނީ، އަޝްނީރުގެ ރޯލު ކުޅުމަށް އާމިރު ޚާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނާ ޚަބަރުތަކާ ގުޅިގެންނެވެ.

މީގެ ކުރިން ބޮލީވުޑް ހަންގާމާ އަށް މައުލޫމާތު ދެމުން އާމިރު ޚާނާ ގާތް ފަރާތަކުން ބުނެފައިވަނީ، އާމިރު ފިލްމުގެ ސްކްރިޕްޓް ކިޔައި، އެއަށް ވަރަށް ބޮޑަށް ގަޔާވެފައިވާ ކަމަށެވެ. އަދި އޭނާ މި ފިލްމު ކުޅުމަށް ނިންމާފައިވާ ކަމަށާއި، މިހާރު ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ. އަޝްނީރު ގްރޯވާ އަކީ މިހާރުގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގޫބޫލުކަމެއް ލިބިފައިވާ ޝަޚުސިއްޔަތެކެވެ.

އަޝްނީރު ގްރޯވާ އާއި މާދުރީ ޖެއިން ގްރޯވާގެ ކުރު ތައާރަފެއް:

އަޝްނީރު ގްރޯވާ އާއި މާދުރީ ޖެއިން ގްރޯވާ ކައިވެނީގެ ގޮތުން ގުޅުނީ ޖުލައި 2006 ގައެވެ. މި ދެމަފިރިންގެ ދެ ދަރިން ތިބެއެވެ. އެއީ ފިރިހެން ދަރިފުޅު އަވީ އާއި އަންހެން ދަރިފުޅު މަންނަތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top