ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިޗާ ފުރަތަމަ ފަހަރަށް ޑިޓެކްޓިވްއެއްގެ ރޯލުން
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ ހުނަރުވެރި އެކްޓްރެސް ރިޗާ ޗައްޑާ، މަންމައަކަށްވުމަށްފަހު އަލުން އެނބުރި ކެމެރާގެ ކުރިމައްޗަށް އައުމަށް ތައްޔާރުވެއްޖެއެވެ. މިފަހަރު އޭނާ ފެނިގެންދާނީ އޭނާގެ ފޭނުން ހައިރާންކޮށްލާނެ ފަދަ ތަފާތު ރޯލަކުންނެވެ.

ލިބިފައިވާ އެކްސްކްލޫސިވް މަޢުލޫމާތުތަކަށް ބަލާއިރު، ރިޗާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކްރައިމް ތުރިލާ ވެބް ސީރީޒެއްގައެވެ. މިއީ އޭނާގެ ކެރިއަރުގައި ޑިޓެކްޓިވްއެއްގެ ރޯލު ކުޅޭ ފުރަތަމަ ފަހަރެވެ. މި ސީރީޒްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، ސީރީޒްގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި ސީރީޒްގެ ސްކްރިޕްޓާ ބެހޭގޮތުން މަޢުލޫމާތު ދިން މަސްދަރަކުން ހާމަކުރި ގޮތުގައި، ރިޗާ މި ރޯލަށް ޝައުޤުވެރިވީ މިއީ އޭނާ މީގެ ކުރިން ކުޅެފައިނުވާ ފަދަ ވަރުގަދަ އަދި ސިކުނޑި ބޭނުންކޮށްގެން ކުޅެންޖެހޭ “ސެރެބްރަލް” ރޯލަކަށް ވުމުންނެވެ. މި ރޯލަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ރިޗާ ވަނީ ކުރީގެ މަޝްހޫރު ޑިޓެކްޓިވް ތުރިލާ ފިލްމުތައް ބަލައި، އެފަދަ ކެރެކްޓަރެއްގެ ހުންނަންޖެހޭ ސިފަތައް ދަސްކޮށްފައެވެ.

ރިޗާ އާއި އޭނާގެ ފިރިމީހާ ޢަލީ ފަޒާލްއަށް އަންހެން ދަރިއަކު ލިބުނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ދަރިފުޅަށް ޒުނައިރާ އިދާ ފަޒަލްގެ ނަމުން ނަން ދީފައިވާއިރު، މި ދެމަފިރިން އަންނަނީ ބެލެނިވެރިކަމުގެ އާ ދަތުރުގެ އުފާވެރި ވާހަކަތައް މީޑިއާއާ ހިއްސާކުރަމުންނެވެ. ޢަލީ ބުނި ގޮތުގައި ދަރިފުޅު ލިބުމަށްފަހު، މަސައްކަތުގައި އުޅޭއިރުވެސް އަވަހަށް ގެއަށް ދިއުމުގެ އިޙުސާސް މިހާރު މާ ބޮޑަށް ކުރެވެއެވެ.

އެންމެ ފަހުން ސަންޖޭ ލީލާ ބަންސާލީގެ “ހީރާމަންޑީ” އިން ފެނިގެންދިޔަ ރިޗާގެ މި އާ ވެބް ސީރީޒް ރިލީޒްކުރުމަށް އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރަށެވެ. އަދި މި ސީރީޒަށް ކިޔާ ނަން ހާމަކޮށްފައެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top