ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ ފަސް ސިޓީއެއްގައި ދީނީ ދަރުސް ދެއްވަނީ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާސިމް އަލް ހަކީމް “އައްސަލާމް އަލައިކުމް މޯލްޑިވްސް”ގެ ނަމުގައި ރާއްޖޭގެ ފަސް ސިޓީއެއްގައި ދީނީ ދަރުސް ދެއްވުމަށް ހަމަޖެހިއްޖެއެވެ.

ދަ ޓްރެވަލާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި ސިލްސިލާ ދަރުސްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި މުސްލިމް ވޮއިސް ފޯ ޕީސް (އެމްވީޕީ) އާ ގުޅިގެންނެވެ. މި ދަތުރުގެ ފުރަތަމަ ދަރުސް މި މަހުގެ 28 ވީ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ކުޅުދުއްފުށި ސިޓީގެ އޭއީސީ ހޯލުގައި ވަނީ ބާއްވާފައެވެ. އެއަށްފަހު މި މަހުގެ 29 ވާ ބުދަ ދުވަހުގެ ރޭ 8:30 ގައި މާލެ ސިޓީގެ އާޓިފިޝަލް ބީޗުގައި ދަރުސް ދެއްވާނެއެވެ.

މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އައްޑޫ ސިޓީގެ އައްޑޫ ހައިސްކޫލު ހޯލުގައި ދަރުސް ބާއްވާއިރު، މެއި މަހުގެ 1 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި ދަރުސް ދެއްވާނެއެވެ. ދަތުރުގެ އެންމެ ފަހު ދަރުސް އޮންނާނީ މެއި މަހުގެ 2 ވަނަ ދުވަހުގެ ރޭ 8:30 ގައި ތިނަދޫ ސިޓީގެ ތިނަދޫ ސްކޫލް ހޯލުގައެވެ.

ޝައިޚް އާސިމް ބިން ލުގްމާން އަލްހަކީމަކީ ޖިއްދާގައި ދިރިއުޅޭ ސައުދީ އަރަބިއްޔާގެ އިސްލާމީ އިލްމުވެރިއެކެވެ. އިނގިރޭސި ބަހުން ދަރުސް ދެއްވުމަށް މަޝްހޫރު އާސިމް ވަނީ ޖިއްދާގެ މިސްކިތެއްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައެވެ. ހުދާ ޓީވީ އާއި ޕީސް ޓީވީ މެދުވެރިކޮށް ވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ޝައިޚް އާސިމް ސޯޝަލް މީޑިއާގައި ވެސް ފާހަގަކޮށްލެވެއެވެ. މި ދަތުރާ ގުޅޭ އިތުރު މައުލޫމާތު ދަ ޓްރެވަލާގެ ވެބްސައިޓުންނާއި ހޮޓްލައިން ނަންބަރު 1510 މެދުވެރިކޮށް ލިބޭނެ ކަމަށް އެ ފަރާތުން ބުނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top