ފްރެންޗް ޓޯސްޓަކީ ގިނަބަޔަކަށް ވަރަށް ކަމުދާ ކެއުމެކެވެ. މިފަހަރު މުނިއަވަސް ރަހަފަތުގައި މި ގެނެސްދެނީ ތަފާތު ވައްތަރެއްގެ ފްރެންޗް ޓޯސްޓެކެވެ. މި މީރު، ތައްޔާރުކޮށްލަން ފަސޭހަ އޮމްލެޓް ފްރެންޗް ޓޯސްޓް ރަހަފަތް ތައްޔާރުކޮށްލެވޭތޯ މަސައްކަތް ކޮށްލުން ކިހިނެތްވާނެ ހެއްޔެވެ. މި މަސާލާ އޮމްލެޓް ފްރެންޗް ޓޯސްޓަކީ ހެނދުނުގެ ނާސްތާއަށް އަދި ރޯދަވީއްލާ ގަޑިޔަށްވެސް ވަރަށް އެކަށީގެންވާނެ ކެއުމެކެވެ.
ބޭނުންވާނެ ތަކެތި:
– 2 ބިސް
– ½ ސައިސަމުސާ ތެޅިމިރުސް
– ½ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
– ½ ސައިސަމުސާ ލޮނު
– ¼ ޖޯޑު ކިރު
– ޓޮމާޓޯއެއްގެ އެއްބައި (ކުދިކޮށް ކޮށާފައި)
– 1 ދޮން މިރުސް (ކުދިކޮށް ކޮށާފައި)
– 1 ރޯ މިރުސް (ކުދިކޮށް ކޮށާފައި)
– 1 ފިޔާ (ކުދިކޮށް ކޮށާފައި)
– 2-3 ފޮތި ޕާން
– ތެލުލުމަށް ތެޔޮ
ތައްޔާރުކުރާނެ ގޮތް:
1- ބޯތަށްޓެއްގެ ތެރެއަށް ބިސް، ތެޅިމިރުސް، އަސޭމިރުސް، ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
2- އޭގެ ތެރެއަށް ކިރު، ޓޮމާޓޯ، ދޮން މިރުސް، ރޯ މިރުސް، ފިޔާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
3- ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލާށެވެ. ބިހުން ތައްޔާރުކުރި މިކްސްޗަރ ގެ ތެރެއަށް ޕާންފޮތިތައް ލައި ރަނގަޅަށް ފޯކޮށްލުމަށްފަހު ތަވާގެ ތެރެއަށް ލާށެވެ.
4- ޕާންފޮތިތައް ރަތްވެލަންދެން ތެލުލާށެވެ.
5- މިހާރު އެހެރީ މަސާލާ އޮމްލެޓް ފްރެންޗް ޓޯސްޓް ތައްޔާރުކުރެވިފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!