ބޮލީވުޑް ތަރި ޝާހް ރުކް ޚާން، ސައިފް ޢަލީ ޚާންގެ އާ ފިލްމު “ކަރްތަވްޔާ”ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ޝާހް ރުކް ޚާން ހިއްސާކުރި ޕޯސްޓުގައި ފިލްމުގެ ޕޯސްޓަރާ އެކު ރިލީޒް ތާރީޚު ވެސް ވަނީ ހާމަކޮށްފައެވެ. ޕޯސްޓަރުގައި ފެންނަނީ ސައިފް ޢަލީ ޚާން ފުލުހެއްގެ ޔުނީފޯމުގައި، އޭނާގެ ފަހަތުގައި ޕޮލިސް ޖީޕެއް އޮއްވައި، ބޮޑު އަލިފާންގަނޑެއް ބަލަހައްޓައިގެން ހިތާމަވެރި މޫނަކައިގެން ހުންނަ ތަނެވެ. ޕޯސްޓުގެ ކެޕްޝަނުގައި ލިޔެފައިވެއެވެ: “ކަރްތަވްޔާ ކެ އިއްސް ޗަކްރަވިއުހް މެއިން، ހަރް ފައިސްލާ އެކް އިމްތިހާން ހޯގާ. ކަރްތަވްޔާ ބައްލަވާ، 15 މެއި ގައި، ހަމައެކަނި ނެޓްފްލިކްސް އިން.”
މި ކްރައިމް ތްރިލާ ފިލްމަކީ ޕުލްކިޓް ޑައިރެކްޓްކޮށް، ޝާހް ރުކް ޚާންގެ އަނބިމީހާ ގައުރީ ޚާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާ ކުރާނީ 15 މެއި 2026 ގައެވެ.
އައިއެމްޑީބީ ގައިވާ ގޮތުން، “ކަރްތަވްޔާ”ގައި ދައްކުވައިދެނީ ފުލުހެއް އޭނާގެ ޢާއިލާއަށް ކުރިމަތިވާ ނުރައްކާތަކެއްގެ ތެރޭގައި، ލޯބިވާ މީހުން ހިމާޔަތް ކުރުމާއި ޢަދުލު އިންސާފަށް ޚިދުމަތް ކުރުމުގެ ހުވައާ ދެމެދު ނިންމުމެއް ނިންމަން ޖެހޭ ހާލަތެކެވެ. މި ފިލްމުގައި ސައިފް ޢަލީ ޚާންގެ އިތުރުން ރާސިކާ ޑުގާލް، ސަންޖޭ މިޝްރާ، ޒާކިރް ޙުސައިން އަދި މަނީޝް ޗައުދަރީ ހިމެނެއެވެ.
