މުނިއަވަސް ރަހަފަތުގައި މިއަދު މިގެނެސްދެނީ ރަޝަން ސެލެޑް ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރަހަފަތެކެވެ.
ބޭނުންވާނެ ތަކެތި:
– 2-3 އަލުވި ކިއުބްސް (އޮށްއޮށަށް ކޮށާފައި)
– 1-2 ކެރެޓްް ކިއުބްސް (އޮށްއޮށަށް ކޮށާފައި)
– ½ ޖޯޑު ފެހި އޮށް (ޕީސް)
– ½ ޖޯޑު މެޔޮނައިސް
– 1 މޭޒުމަތީސަމުސާ ކްރީމް
– 1 މޭޒުމަތީސަމުސާ ކާސްޓަރ ޝުގަރ (ބޭނުންނަމަ)
– ¼ މޭޒުމަތީސަމުސާ ލޮނު
– ¼ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
– ½ ޖޯޑު ޕައިންއެޕަލް ޗަންކްސް (އަލަނާށި އޮށްއޮށަށް ކޮށާފައި)
– 1 ޖޯޑު އާފަލު ކިއުބްސް (އޮށްއޮށަށް ކޮށާފައި)
– 2-3 މޭޒުމަތީސަމުސާ ހިކި މޭބިސްކަދުރު (ރެއިސިންސް)
– ½ ޖޯޑު ޒުވާރިއޮށް (ފެނުކައްކާފައި)
– 2-3 މޭޒުމަތީސަމުސާ ވޮލްނަޓްސް
ތައްޔާރުކުރާނެ ގޮތް:
1- ތެއްޔެއްގައި ފެންފޮދެއް ހޫނުކޮށް އޭގެ ތެރެއަށް އަލުވި، ކެރެޓް އެޅުމަށްފަހު 4-5 މިނެޓް ވާންދެން ކައްކާށެވެ.
2- ތެލީގެ ތެރެއަށް ފެހިއޮށް (ޕީސް) އެޅުމަށްފަހު އިތުރަށް 4-5 މިނެޓް ވާންދެން ކައްކާށެވެ. ކެކުމުން އައިސް ފެނުގެތެރެއަށް އަޅާފައި 10 މިނެޓް ބެހެއްޓުމަށްފަހު ފެން ފޮދު ހިއްކާލައި އެއްފަރާތެއްގައި ބަހައްޓާށެވެ.
3- ބޯތަށްޓެއްގެ ތެރެއަށް މެޔޮނައިސް، ކްރީމް، ކާސްޓަރ ޝުގަރ، އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
4- ބޯތަށީގެ ތެރެއަށް އަލަނާސި، އާފަލު، ޒުވާރި، ކައްކާފައިހުރި ތަރުކާރީ، ހިކިމޭބިސްކަދުރު އަދި ވޯލްނަޓް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
5- ގަޑިއެއްހައި އިރު އައިސްއަލަމާރީގައި ބެހެއްޓުމަށްފަހު ރަޝަން ސެލެޑް ކެއުމަށް ހުންނާނީ ފައްކާވެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!