ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
ޕްރިޔަންކާ ޗޯޕްރާގެ “ސިޓަޑެލް” ސީޒަން 2 ގެ މަސައްކަތް ފަށައިފި

ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ، އޭނާގެ ކާމިޔާބު ސްޕައި ތުރިލަރ ސީރީޒް ‘ސިޓަޑެލް’ގެ ދެވަނަ ސީޒަނާ ބެހޭ މުހިންމު އަދާހަމައެއް ސަޕޯޓަރުންނަށް ހިއްސާކޮށްފިއެވެ.

ޕްރިޔަންކާ އޭނާގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރި ގޮތުގައި، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިންގ މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ. އޭނާ ވަނީ ޝޫޓިންގ ސެޓަށް ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމުކޮށް، “ނާދިއާ ސިންހް”ގެ ކެރެކްޓަރއަށް އެނބުރި އާދެވުމުން އުފާވާކަން ހާމަކޮށްފައެވެ.

މި ސީރީޒްގެ ދެވަނަ ސީޒަންގެ މަސައްކަތް ކުރިއަށްދަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކާ މި ސީރީޒްގެ ދެވަނަ ސީޒަން ޑައިރެކްޓް ކުރަނީ މަޝްހޫރު ‘އެވެންޖާސް’ ފިލްމުތަކުގެ ޑައިރެކްޓަރު ޖޯ ރޫސޯއެވެ.

‘ސިޓަޑެލް’ގެ ފުރަތަމަ ސީޒަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ސީރީޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖާސޫސީ އިދާރާއަކުން ހިންގާ ހަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ. ދެވަނަ ސީޒަންގެ މަސައްކަތް ފެށުމުން، ޕްރިޔަންކާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ އުފާ ފާޅުކުރަމުންނެވެ.

މި ސީރީޒްގައި ޕްރިޔަންކާ އާއެކު ދެން އެންމެ މުހިންމު ރޯލަކުން ފެންނަނީ ރިޗަޑް މެޑަންއެވެ. ދެވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނެ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top