ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަ އެކްސް ފައިލްސް” ގެ 1998 ގެ އެޕިސޯޑެއްގައި ހެންޓަވައިރަސް ރޯގާއެއްގެ ވާހަކަ ދައްކާފައިވޭ

1998 ވަނަ އަހަރު ނެރުނު “ދަ އެކްސް-ފައިލްސް” ފިލްމުގައި، ‘ހަންޓާވައިރަސް’ އަކީ މުޅި ދުނިޔެއަށް ކުރިމަތިވާނެ ބޮޑު ވަބާއެއްގެ ގޮތުގައި ސިފަކޮށްފައިވާ އާދަޔާޚިލާފު ގޮތްތަކުގެ ވާހަކަ މިހާރު ވަނީ އަލުން ފެންމަތިވެފައެވެ.

މީގެ ގާތްގަނޑަކަށް ތިން ދަހަރު ކުރިން ނެރުނު މި ފިލްމުގައި، ޑރ. އަލްވިން ކާޓްޒްވީލް ނަމަކަށް ކިޔާ ލިޔުންތެރިއަކު އެޖެންޓް މޯލްޑަރ ކައިރީގައި، ޓެކްސަަސްގެ ރަށްބޭރު ސަރަހައްދެއްގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއްގެ ވާހަކަ ކިޔައިދެއެވެ.

އެމެރިކާގެ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ފީމާ) އިން މި ވައިރަސް ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވަމުންދާއިރު، ކާޓްޒްވީލް ބުނާ ގޮތުގައި މިއީ މާ ނުރައްކާތެރި ކަމެއްގެ ފެށުމެކެވެ. އޭނާ އެޖެންޓް މޯލްޑަރަށް އިންޒާރު ދެނީ މިއީ “ހުރިހާ ވަބާއެއްގެ ނިމުން ގެންނާނެ ވަބާއެއް” ކަމަށެވެ.

1998 ވަނަ އަހަރު ނެރުނު “ދަ އެކްސް-ފައިލްސް: ފައިޓް ދަ ފިއުޗަރ” ފިލްމުގައި މިފަދަ ވާހަކައެއް ދައްކާފައިވުމުން، ގިނަ ބަޔަކު މިހާރު އެކަމާ ހައިރާންވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ މާހިރުން މިހާރު ހަންޓާވައިރަހާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް، ލަގްޒަރީ ކްރޫޒް ޝިޕެއްގައި މި ބަލި ފެތުރުނު ފަހުންނެވެ.

މިހާތަނަށް ތިންވަނަ އިނގިރޭސި ރައްޔިތަކަށް މި ބަލި ޖެހިފައިވާއިރު، މިއީ މީދަލުގެ ޒަރީއާއިން ފެތުރޭ ވައިރަހެއް ނަމަވެސް، މިހާރު އެކަކު އަނެކަކުގެ ގަޔަށް މިއީ އަރާ ބައްޔެއްގެ ގޮތުގައި މާހިރުން ބިރުގަނެއެވެ. ފިލްމުގެ އެ މަންޒަރުގައި ޑރ. ކާޓްޒްވީލް ބުނެފައިވަނީ، ނޫސްތަކުން ބުނާ ގޮތުގައި ފީމާ އިން ހަރަކާތްތެރިވަނީ ހަންޓާވައިރަސް ކޮންޓްރޯލް ކުރަން ކަމަށެވެ.

ނަމަވެސް، ފީމާގެ ހަގީގީ ބާރާ މެދު ސުވާލު އުފައްދަމުން އޭނާ ބުނެފައިވަނީ، ގައުމީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ގާނޫނީ ސަރުކާރު ހުއްޓުވުމުގެ ބާރު އެ އެޖެންސީއަށް ލިބިގެންވާ ކަމަށެވެ. އަދި ޓެކްސަސްގެ ކުޑަ ރަށެއްގައި ފެތުރޭ އާދައިގެ ވައިރަހެއް ކޮންޓްރޯލް ކުރަން އެފަދަ ބޮޑު ބާރެއް އޮތް އިދާރާއަކުން ހަރަކާތްތެރިވާންޖެހޭ ސަބަބާ މެދު އޭނާ ސުވާލު އުފެއްދިއެވެ.

ޑރ. ކާޓްޒްވީލް އިތުރަށް ހާމަކުރި ގޮތުގައި، އެއީ ހަންޓާވައިރަހެއް ނޫނެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އަސްކަރިއްޔާގައި އޭނާއާއި މޯލްޑަރގެ ބައްޕަ މަސައްކަތްކުރިއިރު، ބަޔޮލޮޖިކަލް ހަނގުރާމައަކަށް ތައްޔާރުކުރި ވައިރަހެކެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ “ހިމޭން ހަނގުރާމައަކަށް ބޭނުންކުރާ ހިމޭން ހަތިޔާރެކެވެ.” އަދި މިއީ އެ ފަތުރާ މީހުންގެ އަތުގައިވެސް އޭގެ ފަރުވާއެއް ނެތް އެއްޗެއް ކަމަށާއި، މިކަމަށްޓަކައި އެމީހުން 50 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ފިލްމުގެ ވާހަކަ ކުރިއަށްދާ ގޮތުން، މި ހެންޓާވައިރަހަކީ ފުރޭތަ ނުވަތަ އޭލިއަންސް އާއި އިންސާނުން އެއްކޮށްގެން ކުރިއަށްގެންދާ ތަހުލީލުތަކެއް ފޮރުވުމަށް ބޭނުންކުރާ ނަމެކެވެ. ޓެކްސަސްގެ ކުޑަ ރަށެއްގެ ކުދިންތަކަކަށް އޭލިއަން ވައިރަސް ހުރި ހޮހަޅައެއް ފެނުމުން، މުޅި ރަށަށް އެ ބަލި ފެތުރެއެވެ. އެ ހިނދު، ފީމާގެ މުވައްޒަފުން ރައްކާތެރިކަމުގެ ހެދުމުގައި އައިސް އެއީ ހަންޓާވައިރަސް ކަމަށް ދޮގު މައުލޫމާތު ފަތުރައެވެ.

ފިލްމުގައި ދައްކާފައިވާ މި ބިރުވެރި ވާހަކައިގެ ބައެއް ކަންކަން ހަގީގަތާ އެއްގޮތްވުމަކީ އެއްވެސް މީހެއްގެ އުންމީދެއް ނޫނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top