ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ޝަކީރާގެ އާ ލަވަ “ޑާއި ޑާއި” ދައްކާލައިފި

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އާ ލަވަ “ޑާއި ޑާއި” ރަސްމީކޮށް ދައްކާލައިފިއެވެ.

ކޮލަމްބިއާއަށް ނިސްބަތްވާ ޝަކީރާއަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕްގެ ފޯރިގަދަ ލަވަތަކެއް ދުނިޔެއަށް ގެނެސްދީފައިވާ ފަންނާނެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އޭނާ ކިޔައިދިން “ވަކަ ވަކަ” އާއި 2014 ވަނަ އަހަރުގެ “ލަ ލަ ލަ” އަކީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް އެންމެ މަގުބޫލުވި ލަވަތަކުގެ ތެރޭގައި ހިމެނޭ ދެ ލަވައެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. މިއީ ތިން ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ޝަކީރާގެ މި އާ ލަވަ “ޑާއި ޑާއި” އަކީ މުބާރާތުގެ ފޯރި އިތުރުކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން އެއްގަލަކަށް ގެނައުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ލަވައެކެވެ.

މި ލަވަ މިހާރު އާންމުކޮށްފައިވާއިރު، މިއީ ކުރިއަށް އޮތް ބޮޑު މުބާރާތުގެ ރޫޙު އާލާކޮށްދޭނެ ފޯރިގަދަ މިއުޒިކެއް އެކުލެވޭ ލަވައެއް ކަމަށް މިއުޒިކީ ދާއިރާގެ މާހިރުން ބުނެއެވެ. ޝަކީރާ އަނެއްކާވެސް ވޯލްޑް ކަޕްގެ ލަވައަކުން ފެނިގެންދިއުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ލޯބިވެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހުގެ ތެރޭގައެވެ. ޝަކީރާގެ މި އާ ލަވައާއެކު، މުބާރާތަށް ކުރެވޭ އިންތިޒާރު މިހާރު ވަނީ އިތުރަށް ގަދަވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top