ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޔޭ ރިޝްތާ” އިން ފުރުސަތު ލިބުމުން ސަމްރިދީ އަދިވެސް ހައިރާންވޭ
ފޮޓޯ: ސަމްރިދީ ޝުކްލާ އިންސްޓާގްރާމް

“ޕިންކްވިލާ” އަށް ދިން އިންޓަވިއުއެއްގައި ސަމްރިދީ ޝުކްލާ ވަނީ މަޝްހޫރު ޑްރާމާ ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އިން ފުރުސަތު ލިބުމުން އެކަމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އަދި މިފަދަ މަޤުބޫލު ޝޯއެއްގެ މެއިން ރޯލު ކުޅުމުން އަންނަ ޕްރެޝަރުތަކާ ބެހޭގޮތުން ވެސް އޭނާ ޚިޔާލު ފާޅުކުރިއެވެ.

ސަމްރިދީ ޝުކްލާއަކީ މިއަދު ގިނަ ބައެއްގެ މެދުގައި މަޤުބޫލު ނަމެކެވެ. އޭނާ މިހާތަނަށް މަސައްކަތް ކޮށްފައިވަނީ އެންމެ ދެ ޓީވީ ޝޯއެއްގައެވެ. ކަން މިހެން އޮތްނަމަވެސް، ބެލުންތެރިންގެ ހިތްތަކުން އޭނާ ވަނީ ޖާގަ ހޯދާފައެވެ. “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގެ މަސައްކަތުގައި އުޅޭތާ މިހާރު ދެ އަހަރު ފާއިތުވެފައިވީ ނަމަވެސް، މިފަދަ އެންމެ ކާމިޔާބު އެއް ޝޯގެ ބަޔަކަށް ވެވުނު ކަމީ އަދިވެސް އޭނާއަށް ޤަބޫލުކުރަން ދަތި ކަމެކެވެ. “ޕިންކްވިލާ” އާ ވާހަކަދައްކަމުން އޭނާ ވަނީ އޭނާގެ ހިތުގެ ޝުއޫރުތައް ހިއްސާކޮށްފައެވެ.

“ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އިން ފުރުސަތު ލިބުނު ގޮތާ މެދު ސަމްރިދީގެ ޚިޔާލު

އެކްޓަރެއްގެ އިތުރުން އަޑު ކުރެހުމުގެ ފަންނާނެއް ކަމަށްވާ ސަމްރިދީ ޝުކްލާ އެކްޓިންގެ ދާއިރާއަށް ނުކުތީ “ސާވީ ކީ ސަވާރީ” އިން ސާވީ ގޯޔަލްގެ ރޯލުންނެވެ. 2023 ވަނަ އަހަރު އޭނާ ވަނީ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގެ ކާސްޓާ ގުޅި، އަބީރާ ޝަރްމާ ޕޮއްދާރުގެ ރޯލުން ފެންނަން ފަށާފައެވެ.

ރޯހިތު ޕުރޯހިތާއެކު މި މަޤުބޫލު ސިލްސިލާގައި ލީޑް ރޯލު ކުޅެން ފެށުމާއެކު އޭނާގެ ދިރިއުޅުން ވަނީ ރަނގަޅު ގޮތަކަށް ބަދަލުވެގެން ގޮސްފައެވެ. ކެރިއަރުގެ ކުރީކޮޅު މިފަދަ ބޮޑު ފުރުސަތެއް ލިބުމުން އެކަމާ ދެކޭގޮތާ މެދު ސުވާލުކުރުމުން އޭނާ ބުނީ، މިއީ މިންވަރުފުޅުން ލިބުނު ފުރުސަތެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

މި ޒުވާން ތަރި އިންޓަވިއުގައި އިތުރަށް ބުނި ގޮތުގައި،

“މިއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެއް. އަހަރެން ކޮންމެ ދުވަހަކު ވެސް ބުރަ މަސައްކަތް ކުރަން، އެކަމަކު ދެވަނަ ޝޯގެ ގޮތުގައި ‘ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ’ ކަހަލަ ބޮޑު ޝޯއެއް ލިބުމަކީ ހަމަ ރަނގަޅު ވަގުތުގައި މިންވަރުކުރެއްވި ކަމެއް.”

ސަމްރިދީ އިތުރަށް ހާމަކުރި ގޮތުގައި، މި މަޤުބޫލު ކެރެކްޓަރ ކުޅޭތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ޑައިރެކްޓަރސް ކުޓް ޕްރޮޑަކްޝަންސްގެ ޕްރޮޑިއުސަރު ރާޖަން ޝާހީ އާއި އޭނާގެ ޓީމުން އޭނާ ފަދަ އާ ކުއްޖަކަށް މިފަދަ ބޮޑު ޒިންމާއެއް ހަވާލުކުރަން ނިންމި ސަބަބާމެދު އަދިވެސް އޭނާ ހައިރާންވެއެވެ. ކުރީގެ ތިން ޖީލުގެ ތަރިން ބެލުންތެރިންގެ ބޮޑު ބެލުންތެރިންގެ ބޮޑު ލޯތްބެއް ހޯދައި، އެމީހުންގެ ހުނަރު ސާބިތުކޮށްދީފައިވާއިރު، ސަމްރިދީ މިހާރު އިސްވެ ހުރީ މި ސިލްސިލާގެ ހަތަރުވަނަ ޖީލު ކުރިއަށް ގެންދިއުމަށެވެ.

“އަހަރެންނަކީ ކުރިން އެހާ ބޮޑު ފޭން ބޭސްއެއް އޮތް މީހެއް ނޫން. އަދި ކިރިޔާ މި ދާއިރާއަށް އާދެވުނީ، އެހެންނަމަވެސް މި ފުރުސަތު ލިބުނު ގޮތާ މެދު އަދިވެސް އަހަރެން ހައިރާންވޭ،”

ސަމްރިދީ އިތުރަށް ފާހަގަކުރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top