ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކްރީމީ ޕްރޯން އެވަކާޑޯ ސެލެޑް ފިހުނު އަސްޕަރަގަސް އާއެކު – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 15 މިނެޓު
⏱️ ކައްކަން ހޭދަވާ ވަގުތު: 12 މިނެޓު

ބޭނުންވާ ތަކެތި:

🍳 450 ގްރާމް ކައްކާފައި ހުރި ޕްރޯން (ނޮޅައި ސާފުކޮށްފައި)
🍳 2 ފައްކާވެފައި ހުރި އެވަކާޑޯ (ގޮޅިކޮށް ކޮށާފައި)
🍳 1/2 ކުޑަ ރަތް ފިޔާ (ހިމުންކޮށް ކޮށާފައި)
🍳 1 ސައިސަމުސާ ތާޒާ ޕާސްލީ (ކޮށާފައި)
🍳 1 ސައިސަމުސާ ތާޒާ ޑިލް (ކޮށާފައި)
🍳 1 ބޮނޑި އަސްޕަރަގަސް
🍳 1 ސައިސަމުސާ އޮލިވް އޮއިލް
🍳 ރަހަލާވަރަށް ލޮނާއި އަސޭމިރުސް

ކްރީމީ ޑްރެސިން ތައްޔާރުކުރަން:

🍳 1/3 ޖޯޑު މެޔޮނައިޒް
🍳 1/4 ޖޯޑު ގްރީކް ޔޯގަޓް ނުވަތަ ސަވަރ ކްރީމް
🍳 1 ސައިސަމުސާ ލުނބޯ ހުތް
🍳 1 ސައިސަމުސާ ޑިޖޯން މަސްޓަޑް
🍳 1 ލޮނުމެދު (ހިމުންކޮށްފައި)
🍳 1 ސައިސަމުސާ ތާޒާކޮށް ކޮށާފައި ހުރި ހާބްސް (ޕާސްލީ ނުވަތަ ޑިލް)
🍳 ރަހަލާވަރަށް ލޮނާއި އަސޭމިރުސް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަސްޕަރަގަސްކޮޅުގައި އޮލިވް އޮއިލް، ލޮނު އަދި އަސޭމިރުސް ހާކާލުމަށްފަހު، 200 ޑިގްރީ ސެލްސިއަސް (400 ޑިގްރީ ފެރެންހައިޓް) ގައި 10 އާއި 12 މިނެޓާ ދެމެދު ފިހެލާށެވެ.

2 – ބޮޑު ތަށްޓެއްގައި ޕްރޯން، އެވަކާޑޯ، ފިޔާ، ޕާސްލީ އަދި ޑިލް އެއްކޮށްލާށެވެ.

3 – ވަކި ތަށްޓެއްގައި މެޔޮނައިޒް، ޔޯގަޓް، ލުނބޯ ހުތް، މަސްޓަޑް، ލޮނުމެދު، ހާބްސް، ލޮނު އަދި އަސޭމިރުސް އެއްކޮށްލައިގެން ޑްރެސިން ތައްޔާރުކޮށްލާށެވެ.

4 – ތައްޔާރުކުރި ޑްރެސިންކޮޅު ޕްރޯން މިކްސްޗަރުގެ ތެރެއަށް އަޅާލުމަށްފަހު، މަޑުމަޑުން އެއްކޮށްލާށެވެ.

5 – ސެލެޑް ފިނިކުރުމަށްފަހު، ތަށީގެ އަރިމަތީގައި ފިހުނު އަސްޕަރަގަސްތައް އަތުރާލައިގެން ސާވްކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top