ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
މަޝްރޫމް ސްޓޭކާއި ކްރީމީ މޭޝްޑް ޕޮޓޭޓޯ – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 20 މިނެޓު
⏱️ ކެއްކުމަށް: 30 މިނެޓު
⏱️ ޖުމްލަ ވަގުތު: 50 މިނެޓު
🍲 2 މީހުންނަށް ފުދޭވަރަށް

މުހިންމު ބައެއް ނުކުތާތައް:

● ސްޓޭކްތައް ބޯކޮށް ހުރިނަމަ، ކޮންމެ ފަރާތެއް ފިހުމަށް އިތުރު 1 ނުވަތަ 2 މިނެޓު ހޭދަކޮށްލާށެވެ.
● ވަގުތު ސަލާމަތްކުރުމަށްޓަކައި، އަލުވިތައް ކެކެމުންދާއިރު ތަރުކާރީތައް ކޮށާ ތައްޔާރުކޮށްލެވިދާނެއެވެ.
● މޭޝްޑް ޕޮޓޭޓޯ އިތުރަށް ކްރީމީކޮށް ބޭނުންނަމަ، ކިރުގެ ބަދަލުގައި ކްރީމް ބޭނުންކުރާށެވެ.

ބޭނުންވާ ތަކެތި:

🍳 2 ބީފް ސްޓޭކް (ކޮންމެ އެތިކޮޅެއްގައި ގާތްގަނޑަކަށް 200–250 ގްރާމް)
🍳 2 ޖޯޑު މަޝްރޫމް (ކޮށާފައި)
🍳 4 ބޮޑު އަލުވި (ތޮށި މަށައި ކޮށާފައި)
🍳 2 ސައިސަމުސާ ބަޓަރު
🍳 3 ލޮނުމެދު (ގާނާފައި ނުވަތަ ކުދިކޮށް ކޮށާފައި)
🍳 ބައި ޖޯޑު ބީފް ބްރޮތު (ބީފް ސްޓޮކް ފެން)
🍳 1 ސައިސަމުސާ ފުށް ނުވަތަ ކޯން ފްލާ
🍳 ބައި ޖޯޑު ކިރު ނުވަތަ ކްރީމް
🍳 1 ޖޯޑު ބްރޮކޮލީ
🍳 1 ޖޯޑު އެސްޕަރަގަސް
🍳 1 ޖޯޑު ކެރެޓް (ދިގުކޮށް ކޮށާފައި)
🍳 ބައި ޖޯޑު ގްރީން ޕީސް
🍳 1 ސައިސަމުސާ އޮލިވް އޮއިލް
🍳 ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)
🍳 ކޮޮށާފައި ހުރި ފްރެޝް ޕާސްލީ

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަލުވިތައް މަޑުވަންދެން ފެނުކައްކާށެވެ. އެއަށްފަހު ބަޓަރާއި ކިރު އެއްކޮށްގެން އޮމާންވަންދެން މޭޝްކޮށްލާށެވެ (ޗަސްކޮށްލާށެވެ).
ސްޓޭކްގައި ލޮނާއި އަސޭމިރުސް ހާކާށެވެ. ތަވައަކަށް އޮލިވް އޮއިލް އެޅުމަށްފަހު، ހޫނުވުމުން ސްޓޭކްގެ ކޮންމެ ފަރާތެއް 3 ނުވަތަ 4 މިނެޓު ވަންދެން ފިހެލާށެވެ.

2 – ސްޓޭކް ތައްޔާރުކުރި ތަވާގެ ތެރެއަށް މަޝްރޫމާއި ލޮނުމެދު އަޅައި މުށިކުލަ އަރަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް ބީފް ބްރޮތު އާއި ފުށް އެއްކޮށްގެން ތައްޔާރުކުރި މިކްސްޗަރު އަޅައި އޮލަވަންދެން ކައްކާށެވެ.

3 – ބްރޮކޮލީ، އެސްޕަރަގަސް އަދި ކެރެޓް ކޮޅު މަޑުވަންދެން މީރުކޮށްލާށެވެ. ވަކިން ގްރީން ޕީސްކޮޅުވެސް ހޫނުކޮށްލާށެވެ.

4 – ތަބަކެއްގައި ނުވަތަ ތަށްޓެއްގައި މޭޝްޑް ޕޮޓޭޓޯ، ތަރުކާރީ އަދި ސްޓޭކް އަތުރާލާށެވެ.

5 – ސްޓޭކްގެ މައްޗަށް ތައްޔާރުކުރި މަޝްރޫމް ސޯސް އަޅާލުމަށްފަހު، ޕާސްލީކޮޅެއް ބުރުވައިލާށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top