ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މި ހަފުތާގައި އޯޓީޓީ ޕްލެޓްފޯމްތަކަށް ރިލީޒްކުރާ ހިންދީ ފިލްމުތަކާއި ސީރީޒްތައް
ފޮޓޯ: ގޫގަލް

ގޭގައި ތިބެގެން އެކްޝަން ތުރިލާއެއް ބަލާލަން ބޭނުންވިޔަސް ނުވަތަ ގޭގައި ތިބެގެން މަޖާ ރޮމެންޓިކް ކޮމެޑީއެއް ބަލާލަން ބޭނުންވިޔަސް، މި ހަފުތާގައި ވެސް އޯޓީޓީ ޕްލެޓްފޯމްތަކަށް ގިނަ ހިންދީ ފިލްމުތަކާއި ވެބް ސީރީޒްތަކެއް ނުކުންނާނެއެވެ. މި ހަފުތާއަކީ ވެސް ހިންދީ ފިލްމީ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ އުފާވެރި ހަފުތާއަކަށް ވާނެއެވެ.

މި ހަފުތާގައި ސިނަމާތަކާއި އޯޓީޓީއަށް ރިލީޒްކުރާ ހިންދީ ފިލްމުތަކާއި ސީރީޒްތައް:

1 – ސިސްޓަމް
ތަރިން: ސޮނާކްޝީ ސިންހާ، ޖިޔޯތިކާ، އަޝުތޯޝް ގޯވަރިކަރް، ޕްރީތީ އަގަރްވާލް، އަދިނާތު ކޮތާރޭ، ގޯރަވް ޕާންޑޭ
ޑައިރެކްޓަރު: އަޝްވިނީ އަޔަރް ތިވާރީ
ބާވަތް: ތުރިލާ ޑްރާމާ
ބެލޭނެ ތަން: ޕްރައިމް ވީޑިއޯ
ރިލީޒްކުރާ ތާރީޚު: 22 މެއި 2026

މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ސޮނާކްޝީ ސިންހާ ކުޅޭ ނޭހާ ރާޖްވަންޝްގެ ރޯލުގެ މައްޗަށެވެ. އޭނާ ޖިޔޯތިކާ ކުޅޭ ސާރިކާ ރާވަތު ކިޔާ ސްޓެނޯގްރާފަރަކާ ގުޅިގެން މުޖުތަމަޢުގައި ހުރި ނުޙައްޤު ކަންތައްތަކާއި ބޮޑެތި ބޭއިންސާފުތައް ހާމަކުރުމަށް މަސައްކަތްކުރާ ގޮތް މި ފިލްމުން ފެނިގެންދާނެއެވެ.

2 – މަދޫވިދޫ – ހިންދީ
ތަރިން: ޝަރަފުއްދީން، ކަލްޔާނީ ޕަނިކަރް، ޖަގަދީޝް، އަޒީޒް ނެދުމަންގަދް
ޑައިރެކްޓަރު: ވިޝްނޫ އަރަވިންދް
ބާވަތް: ރޮމެންޓިކް ކޮމެޑީ
ބެލޭނެ ތަން: ސޮނީ ލިވް
ދިގުމިން: 2 ގަޑިއިރު 5 މިނެޓު
ރިލީޒްކުރާ ތާރީޚު: 22 މެއި 2026

މިއީ ކެފޭއެއް ހިންގާ އަމްރުތަރާޖް (އަމްމޫ) ގެ ވާހަކައެވެ. އޭނާ ދިރިއުޅެނީ ހުސް ފިރިހެނުން އުޅޭ ގެއެއްގައެވެ. ރަށު މީހުން ދެކޭގޮތުގައި އެ އާއިލާއަކީ ކޮންމެވެސް ކަހަލަ ލައުނަތެއް ޖެހިފައިވާ ބައެކެވެ. މީގެ ސަބަބުން އަމްމޫގެ ކައިވެނި ކުރަން ކުރި 28 މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ. މި މަޖާ ފިލްމު މެއި 22 އިން ފެށިގެން ސޮނީ ލިވް އިން ބަލާލެވޭނެއެވެ.

3 – ސަތުރަންގީ: ބަދްލޭ ކާ ކޭލް
ތަރިން: އަންޝުމަން ޕުޝްކަރް، މަހްވަޝް، ކުމުދް މިޝްރާ
ޑައިރެކްޓަރު: ޖޭ ބަސަންތޫ ސިންގް
ބާވަތް: އެކްޝަން، ކްރައިމް، ޑްރާމާ
ބެލޭނެ ތަން: ޒީ5
ރިލީޒްކުރާ ތާރީޚު: 22 މެއި 2026

މި ވެބް ސީރީޒްގައި ފެނިގެންދާނީ ބަބްލޫ މަހާޓޯ ކިޔާ ޒުވާނަކު، ނުފޫޒުގަދަ މީހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ގޮތެވެ. މިއީ އެކްޝަން އާއި ކްރައިމް ހިމެނޭ ވަރަށް ފޯރިގަދަ ސީރީޒަކަށް ވާނެއެވެ.

4 – ދޭސީ ބްލިންގް
ތަރިން: ކަރަން ކުންދްރާ، ތޭޖަސްވީ ޕްރަކާޝް، ރިޒްވާން ސާޖަން، ސަތީޝް ސަންޕަލް، ޕަމޭލާ ސެރީނާ
ބާވަތް: ރިއަލިޓީ ސީރީޒް
ބެލޭނެ ތަން: ނެޓްފްލިކްސް
ރިލީޒްކުރާ ތާރީޚު: 20 މެއި 2026

މި ރިއަލިޓީ ސީރީޒުން ބެލުންތެރިންނަށް ފެނިގެންދާނީ ދުބާއީގައި ދިރިއުޅޭ ނުފޫޒުގަދަ އަދި މުއްސަނދި އިންޑިއާ މީހުންގެ ލަގްޒަރީ ދިރިއުޅުމެވެ. ބިލިއަނަރުންނާއި މަޝްހޫރު މީހުންގެ މެދުގައި އޮންނަ ވާދަވެރިކަމާއި، ޕާޓީތަކާއި، އަދި އެމީހުންގެ ދިރިއުޅުމުގެ ސިއްރުތައް މި ސީރީޒުން ހާމަވެގެންދާނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top