ތައްޔާރުކުރުމަށް: 15 މިނެޓު
ކައްކަން: 20 މިނެޓު
4 މީހުންނަށް
ބޭނުންވާ ތަކެތި:
ޝްރިމްޕް ތައްޔާރުކުރުމަށް:
16 ބޮޑު ޝްރިމްޕް (ސާފުކޮށްފައި)
4 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
2 ސައިސަމުސާ ބަޓަރު
1 ސައިސަމުސާ އޮލިވް އޮއިލް
1 ސައިސަމުސާ ޕެޕްރިކާ
½ ސައިސަމުސާ އަސޭމިރުސް
½ ސައިސަމުސާ ލޮނު
2 ސައިސަމުސާ ޕާސްލީ (ކޮށާފައި)
ކްރީމީ ސޯސް ތައްޔާރުކުރުމަށް:
1 ޖޯޑު ހެވީ ކްރީމް
1/3 ޖޯޑު ޕާމީޒާން ޗީޒް (ގާނާފައި)
½ ޖޯޑު ޗިކަން ބްރޮތު (ކުކުޅު ސްޓޮކް)
¼ ސައިސަމުސާ ތެޅި މިރުސް (ބޭނުންނަމަ)
1 ސައިސަމުސާ ލެމަން ޖޫސް
ބަތާއި ތަރުކާރީ:
2 ޖޯޑު ކައްކާފައި ހުރި ހުދު ބަތް
2 ކެރެޓް (ދިގަށް ކޮށާފައި)
1 ޖޯޑު ތޮޅި
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އެންމެ ފުރަތަމަ ބަތް ކައްކާފައި ހޫނުކަންމަތީ ބަހައްޓާށެވެ. ކެރެޓާއި ތޮޅި ކުޑަކޮށް މަޑުވަންދެން (4-5 މިނެޓު) ފެނުކައްކާލާ ނުވަތަ ސްޓީމް ކޮށްލާށެވެ.
2 – ޝްރިމްޕްތައް ހިއްކާލުމަށްފަހު އޭގެ ތެރެއަށް ޕެޕްރިކާ، ލޮނު އަދި އަސޭމިރުސް އަޅައިގެން މޮޑެލާށެވެ.
3 – ބޮޑު ތަވައެއްގައި އޮލިވް އޮއިލް އަދި ބަޓަރު ހޫނުކޮށްލުމަށްފަހު، ޝްރިމްޕްތައް އޭގެ ތެރެއަށް އަޅައިގެން ކޮންމެ ފަރާތެއް 1-2 މިނެޓު ވަންދެން ރަތްކޮށްލާށެވެ. ރަތްވުމުން ޝްރިމްޕްތައް ތަވައިން ނަގައި ވަކިން ބަހައްޓާށެވެ.
4 – ހަމަ އެ ތަވައިގައި ލޮނުމެދުކޮޅު ރަތްކޮށްލާށެވެ. އޭގެ ތެރެއަށް ޗިކަން ބްރޮތު އަޅައި 1 މިނެޓު ވަންދެން ކައްކާލާށެވެ.
5 – ދެން ހެވީ ކްރީމް، ޕާމީޒާން ޗީޒް، ތެޅި މިރުސް އަދި ލެމަން ޖޫސް އެއްކޮށްލާށެވެ. ސޯސްގަނޑު ކުޑަކޮށް އޮލަވަންދެން 3-4 މިނެޓު މަޑުގިނީގައި ކައްކާށެވެ.
6 – ކުރިން ތައްޔާރުކުރި ޝްރިމްޕްތައް އަލުން ތަވައަށް އަޅައި، ސޯސްގަނޑާއެކު 1-2 މިނެޓު ވަންދެން އެއްކޮށްލާށެވެ.
7 – ކައްކާފައި ހުރި ބަތާއި ތަރުކާރީއާއެކު ތަބަކަކަށް އަޅައި، މައްޗަށް ޕާސްލީ އަދި ކުޑަ ތެޅި މިރުސްކޮޅެއް ބުރުއްސާލުމަށްފަހު ސާވްކުރާށެވެ.
އިތުރު އިރުޝާދެއް:
– އިތުރު ތަރުކާރީ ބޭނުންނަމަ ބްރޮކޮލީ ނުވަތަ ސްޕިނަޗް (ބޯވެލި ފަތް ނުވަތަ އެހެންވެސް ފަތްތައް) ބޭނުންކުރެވިދާނެއެވެ.
– ކްރީމްގެ ބަދަލުގައި ކާށިކިރު ބޭނުންކޮށްގެންވެސް މި ޑިޝް ތައްޔާރުކުރެވިދާނެއެވެ.
– މީރު ވަހެއް ގެނައުމަށްޓަކައި ޖޭސްމިން ރައިސް ބޭނުންކުރުން ރަނގަޅުވާނެއެވެ.
