މުނިއަވަސް ގެ ކިޔުންތެރިންގެ މެދުގައި އެންމެ މަޤްބޫލު ވާހަކަ ލިޔުންތެރިޔާ ޒާނާ ގެ މުޅިން އައު ވާހަކައެއް މިރޭ ފަށާނެ ކަމަށް ޒާނާ ބުނެފިއެވެ.
ޒާނާ ލިޔަމުން އައި ލޯބީގެ ބިރުވެރި ވާހަކަ ‘ލޯބިވެވުނީ އެވެ.’ ގެ އެންމެ ފަހު އެޕިސޯޑް ޝާއިޢުކުރީ މިއަދު އެވެ. އޭގެ ކުރިން ‘ލަފުޒަކުން’ ގެ ނަމުގައި ވެސް ޒާނާ ވަނީ ވާހަކައެއް ލިޔެ ނިންމާފައެވެ. ކިޔުންތެރިންގެ މެދުގައި ޒާނާ ގެ ކޮންމެ ވާހަކަ އަކީވެސް ވަރަށް މަޤްބޫލު ވާހަކަ ތަކެކެވެ.
ވަރަށް ބުރަކޮށް އުޅެމުން ވެސް ޒާނާ އަންނަނީ 8 ޞަފްޙާ ދިގުމިން ހުންނަ އެޕިސޯޑްތައް ހަމަ ކޮންމެ ދުވަހަކު ހެން މޮބައިލް ފޯނުން ލިޔެގެން ގެނެސްދެމުންނެވެ. ޒާނާ ގެ ޙާލަތު ހުރިގޮތުން ދޭތެރެއަކުން މެދުކެނޑުމެއް އަޔަސް، ކިޔުންތެރިންގެ ޝަޢުގުވެރިކަން ހިފަހައްޓާފަދަ މޮޅު އުކުޅުތަކާއެކު ޒާނާ ގެ ވާހަކަތައް ގެނެސްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ޒާނާ ގެ އައު ވާހަކަ ‘އެހެނަސް’ އަށް އެންމެހައި ކިޔުންތެރިންނަށް ޒާނާ އާއި މުނިއަވަސް އިން ދަޢުވަތު ދެމެވެ.
