ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަރަން ކުންދުރާގެ “ޕްރޮޕޯސަލް” އާއެކު ތޭޖަސްވީ ޕްރަކާޝް އަށް އުފަލުން ރޮވިއްޖެ
ފޮޓޯ އެކްސް އެޕް

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ކަރަން ކުންދުރާ އާއި ތޭޖަސްވީ ޕްރަކާޝްގެ ލޯބީގެ ގުޅުމަށް ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް އަބަދުވެސް ލިބެމުންދެއެވެ. ދާދި ފަހުން “ޑެސީ ބްލިންގް” ޝޯގެ ތެރެއިން ކަރަން، ތޭޖަސްވީއަށް ކައިވެންޏަށް ހުށަހެޅުމުން ތޭޖަސްވީއަށް އުފަލުން ގޮސް ރޮވި، އަސަރުގަދަ މަންޒަރުތަކެއް ފެނިގެން ހިނގައްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ “ޑެސީ ބްލިންގް” ގެ އާ އެޕިސޯޑެއްގެ މަންޒަރުތައް ނަގަމުން ދިޔަ ވަގުތުގައެވެ. ކަރަން ކުންދުރާ ކުއްލި ގޮތަކަށް ކަކޫ ޖަހައި ތޭޖަސްވީއަށް އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުންކޮށްލުމުން، ތޭޖަސްވީއަށް އެކަންވީ ވަރަށް ބޮޑު ސަޕްރައިޒަކަށެވެ. އެ ވަގުތު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައިސް، ކަރަންގެ ހުށަހެޅުން ޤަބޫލުކުރިއެވެ.

މި ދެ ތަރިންގެ ގުޅުން ފެށިގެން އައީ މަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް” ސީޒަން 15 އިންނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މި ދެ ތަރިން ފެންނަނީ ވަރަށް ގާތްކޮށް، އެކަކު އަނެކަކަށް ވަރަށް ބޮޑަށް އަޅާލާ ދެމީހުންގެ ގޮތުގައެވެ.

“ޑެސީ ބްލިންގް” ގެ މި މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ސަޕޯޓަރުން އަންނަނީ މި ޖޯޑަށް މަރުހަބާ ކިޔައި، އެމީހުންގެ ކައިވެންޏަށް އިންތިޒާރު ކުރަމުންދާ ކަމަށް ބުނަމުންނެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއީ މި ދެ ތަރިންގެ ގުޅުމުގައި އެޅުނު ވަރަށް މުހިންމު އަދި އުފާވެރި ފިޔަވަޅެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top