ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްކޫލު ބަންދުގައި “ކިޑްސް މޫވީ ފިއެސްޓާ” އެއް ހުޅުމާލޭ ސިނެ ލައުންޖްގައި!

ޢީދު ބަންދާ ދިމާކޮށް ލިބޭ ސްކޫލް ބަންދު ދުވަސްވަރު، ކުޑަކުދިންނަށް އުފާވެރި އަދި މަޖާ މާހައުލެއް ހޯދައިދިނުމުގެ މަގުސަދުގައި ސިނެ ލައުންޖް ސިނަމާއިން “ކިޑްސް މޫވީ ފިއެސްޓާ” އެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މަހުގެ 24 އިން ފެށިގެން 30ގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ ހަރަކާތުގައި، ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލު އަދި އެންމެ ފަހުގެ ފިލްމުތައް ބަލާލުމުގެ ފުރުސަތު ސިނެ ލައުންޖުން ވަނީ ހުޅުވާލާފައެވެ. މި ހަރަކާތް ކުރިއަށްދާ މުއްދަތުގައި ކޮންމެ ދުވަހަކުވެސް އާ ތިން ފިލްމެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމުތަކުގެ ޝޯތައް ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގައި ފެށޭއިރު، ހަވީރު 6:00 އާ ހަމައަށް ފޯރިގަދަ ޝޯތައް ސިނަމާގައި ކުރިއަށްދާނެއެވެ. މިއީ ބަންދު ދުވަސްތަކުގައި ކުޑަކުދިންނަށް ފޫހިފިލުވައިދީ، އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

މި ހަރަކާތުގެ ޓިކެޓެއްގެ އަގަކީ 190 ރުފިޔާއެވެ. ފިލްމު ބަލާލާއިރު އަނގަޔަށް މީރު ކޮންމެވެސް އެއްޗެއް ބޭނުންވާ ފަރާތްތަކަށް، ސިނަމާގެ ޓިކެޓް ކައުންޓަރުން ތާޒާ ޕޮޕްކޯން އާއި ފިނި ކޯކް ލިބެން ހުންނާނެއެވެ.

ސިނެ ލައުންޖް ސިނަމާއިން ބުނީ، މި ހަފުތާއަކީ އާއިލާގެ މެންބަރުންނާއި، ރައްޓެހިންނާއި، ކޮއްކޮމެންނާއެކު ހިނިތުންވުމާއި އުފާވެރިކަމުން ފުރިގެންވާ ހަނދާންތަކެއް އާކުރުމަށް ހާއްސަ ކުރެވިފައިވާ ހަފުތާއެއް ކަމަށެވެ. “ކިޑްސް ހޮލިޑޭ މޫވީ ފިއެސްޓާ”ގެ ފުރިހަމަ ތަޖުރިބާ ހޯއްދެވުމަށް ހުރިހާ ބޭފުޅުންނަށްވެސް ސިނެ ލައުންޖް ސިނަމާއިން ވަނީ ދައުވަތު އަރުވާފައެވެ.

ހުޅުމާލޭގައި ހުންނަ “ސިނެ ލައުންޖް” ސިނަމާއަކީ އަރާމާއި މިނިވަންކަމާއި ޕްރައިވެޓް ތަޖުރިބާއެއް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވާފައިވާ ޒަމާނީ ސިނަމާއެވެ. މިތަނުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑޯލްބީ އެޓްމޯސް ސައުންޑް ސިސްޓަމާއި ޑޯލްބީ ސިނަމާގެ ފުރިހަމަ މަންޒަރުތަކާ އެކު ފިލްމުގެ ކޮންމެ މަންޒަރެއް ހަގީގަތާ އެއްގޮތަށް ތަޖުރިބާކޮށްލެވޭނެއެވެ.

ސިނެލަ އުންޖް“ގެ އެންމެ ޚާއްޞަ ސިފައަކީ 20 ލަގްޒަރީ ރެކްލައިނާ ސީޓާ އެކު ފަރުމާކޮށްފައިވާ ސީޓިން އިންތިޒާމެވެ. މީހުން ގިނަވެގެން އުނދަގޫވުމެއް ނެތި، ގޮނޑިތައް ބޭނުން ގޮތަކަށް ދަމާލައިގެން އޮށޯވެލައިގެން އޮވެ ފިލްމު ބެލޭނެއެވެ. އާއިލީ ވަގުތުތަކަށާއި އޮފީސް ކޮލީގުންނާ އެކު ބާއްވާ ޚާއްޞަ ހަރަކާތްތަކަށް ވެސް އެއީ އެކަށީގެންވާ މާހައުލެކެވެ.

@muniavas Kids Holiday Movie Fiesta at CineLoungeMV at Cine Lounge In Hulhumale For Booking, contact 7201199 #cineloungemv ♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top