ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސައި ނުވަތަ ކޮފީ؟ ދުވަހީ މި އާދައިގެ ސަބަބުން ކަށި ފީވުމުގެ ނުރައްކާ އޮވެދާނެ

ދުވާލަކު ބޯލާ ސައިތަށިން ނުވަތަ ކޮފީތަށީގެ ސަބަބުން އިންސާނާގެ ކަށީގެ ދިރުމާއި ވަރުގަދަކަމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. “ސައެންސް ޓެކް ޑެއިލީ” ގައި ޝާއިޢުކޮށްފައިވާ މި ރިޕޯޓުން ހާމަވާގޮތުގައި، ކަށި ފީވުމުގެ ބަލި (އޮސްޓިއޯޕޮރޯސިސް) އާއި ސައި އަދި ކޮފީ ބޭނުންކުރުމާ ދެމެދު ވަނީ ބޮޑު ގުޅުމެއް އުފެދިފައެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ސައެންސްވެރިން ފާހަގަކުރާ ގޮތުގައި، ކަށީގެ ދުޅަހެޔޮކަމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ މާ ގިނައިން ކޮފީ ބޯ މީހުންނަށެވެ. ކޮފީގައި ހުންނަ ކެފޭއިންގެ ސަބަބުން ހަށިގަނޑަށް ކެލްސިއަމް ދަމައިގަތުމަށް ހުރަސްއެޅި، ކަށިތަކުގެ ބާރު ދެރަވާން މެދުވެރިވެއެވެ. މީގެ އިތުރުން ކޮފީ ބޯ މިންވަރު އިތުރުވާ ވަރަކަށް ކަށިތައް ބިންދައިގެން ދިއުމުގެ ފުރުސަތު ބޮޑުވާކަން ވަނީ ފާހަގަކުރެވިފައެވެ.

އަނެއްކޮޅުން، ސައި ބޭނުންކުރާ މީހުންނަށް މި ބަލީގެ ނުރައްކާ ކުޑަކަން ދިރާސާއިން ދައްކައެވެ. ސައިގައި ހިމެނޭ “ފްލެވޮނޮއިޑްސް” އަކީ ކަށިތަކުގެ ވަރުގަދަކަން އިތުރުކޮށްދީ، ކަށީގެ ސެލްތައް އުފެދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ ސަބަބުން އުމުރުން ދުވަސްވާއިރު ކަށި ފީވުމުގެ ފުރުސަތު ބޮޑުތަނުން ކުޑަކޮށްދެއެވެ.

މި ދިރާސާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ކޮފީ ބޯ މީހުން ކެލްސިއަމް ގިނައިން ހިމެނޭ ކާނާ (މިސާލަކަށް ކިރު) ބޭނުންކުރުމުން މި ނުރައްކާ ކޮންމެވެސް ވަރަކަށް ކުޑަކުރެވިދާނެއެވެ. ނަމަވެސް، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ސައި ބޭނުންކުރުމަކީ ކަށީގެ ދުޅަހެޔޮކަމަށް ބަލާއިރު އެންމެ ރަނގަޅު ގޮތެވެ.

އާންމު ސިއްހަތުގެ މާހިރުން ލަފާދެނީ، ހާއްސަކޮށް އުމުރުން ދުވަސްވާ މީހުންނާއި އަންހެނުން، ކެފޭއިން ހިމެނޭ ބުއިންތައް ބޭނުންކުރުމުގައި މެދުމިންވަރެއް ގެންގުޅުމަށެވެ. މިއީ ކަށި ފީވުމުގެ ނުރައްކަލުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top