ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި ފަހަރު އެކްސްޓްރީމް ލެވަލް އިން ނެރޭ “ދުވެލާ” އަކީ ތަފާތު ލަވައެއް!

ދިވެހި މިއުޒިކީ ދާއިރާގައި ފޯރިގަދަވެފައިވާ އާ ލަވަ “ދުވެލާ” ގެ އޮފިޝަލް ޓްރެއިލާ އާއްމުކޮށްފިއެވެ.

ބޮޑު ޢީދަށް ނެރޭ މި ލަވަ އުފައްދާފައިވާ ‘އެކްސްޓްރީމް ލެވަލް’ގެ ރަސްމީ އިންސްޓަގްރާމް ޕޭޖުން ދޫކޮށްލާފައިވާ ޓްރެއިލާ ވީޑިއޯއަކާއެކު، “ދުވެލާ”ގެ އެންމެ ފުރިހަމަ އަދި ފޯރިގަދަ މިއުޒިކް ބީޓްތަކެއް ވަނީ ބެލުންތެރިންނަށް އިއްވާލާފައެވެ. މި ވީޑިއޯއާއެކު އާންމުކުރި މެސެޖުގައި ބުނެފައިވަނީ، މި ލަވަ ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ.

ސަތޯރަ ބޮޑުބެރު ގްރޫޕް އަދި އެވޭލާ ޑާންސް ގްރޫޕާ ގުޅިގެން އުފައްދާފައިވާ “ދުވެލާ” އަކީ ތަފާތު މިއުޒިކީ ކުލަތަކަކާއި ފޯރިގަދަ ހަރަކާތްތަކެއް ފެނިގެންދާނެ އުފެއްދުމެއްކަން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ. މިއުޒިކަށް ލޯބިކުރާ ފަރާތްތަކުން އެންމެ އިންތިޒާރު ކުރަމުންދާ އެއް ތާރީޚަކީ މި ލަވަ ނެރުމަށް ހަމަޖެހިފައިވާ 26 މެއި 2026 އެވެ.

“‘ދުވެލާ’ އަކީ އަސްލު އެކްސްޓްރީމް ލެވަލްގެ ފެށުން. 7 މަހުގެ ދިގު މަސައްކަތެއް. ވަރަށް ބައިވަރު ބައެއްގެ ސަޕޯޓާއެކު ކާމިޔާބުގެ ކުލަޖައްސާލެވުނު ޕްރޮޖެކްޓެއް. މީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ އަދި އެންމެ އުފާވާ އެއް ޕްރޮޖެކްޓް. ޚާއްޞަކޮށް ދިއްފުށީ ބޮޑުބެރު ޓީމު “ސަތޯރަ”ގެ ބޮޑު ސަޕޯޓެއް ލިބުނު. 3 އަހަރު ވެގެން ދިޔަ އިރު ހެދޭ އެންމެ ސަޅި އީދު ލަވަ މީ.

މި ލަވަ އުފެއްދުމުގަ “އިން ކްލިކްސް” އިން ކޮށްދިން މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލަން.

މީ ވަރަށް މަސައްކަތް. މިފަހަރު މި ލަވަވެސް ދުވެލާނެ!” މި މަސައްކަތާމެދު އެކްސްޓްރީމް ލެވަލް އިން މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރަމުން ފާހަގަކުރިއެވެ.

ލަވައިގެ ޓީމުން ބުނާ ގޮތުގައި، މި ލަވައިން ބެލުންތެރިންނަށް މިއުޒިކީ ގޮތުން އާ ތަޖުރިބާއެއް ލިބިގެންދާނެއެވެ. “ދުވެލާ”ގެ ފުލް ވީޑިއޯ ބަލާލުމަށް ގިނަ ބަޔަކު މިހާރު ތިބީ ކެތްމަދުވެފައެވެ.

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top