ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްޓަރު ޖޭ އިސްލާމްދީން ގަބޫލުކުރި ސަބަބު ހާމަކޮށްފި
އެކްޓަރު ޖޭ އަދި މިހާރު ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު، މަޝްހޫރު އެކްޓަރު ވިޖޭ / ޔޫޓިއުބް ވީޑިއޯ ސްކްރީން ޝޮޓް

ވިޖޭއާއެކު ފިލްމުތަކުން ފެނިގެންދިޔަ އެކްޓަރު ޖޭ ބުނީ ފައްޅިތަކުން އިހާނެތިކަން ކުރިމަތިވިކަމަށާ ނަމަވެސް މިސްކިތުން ފެނުނު ހަމަހަމަކަމުން ހިތަށް ހަމަޖެހުން ލިބުނު ކަމަށް

އެކްޓަރު ޖޭ ހާމަކުރި ގޮތުގައި އޭނާ އިސްލާމްދީން ގަބޫލުކޮށް، ދީނުގެ އުސޫލުތަކަށް އަމަލުކުރަން ފެށީ 2011 ވަނަ އަހަރުގައެވެ. އަދި ދީން ބަދަލުކުރުމަކީ އޭނާގެ ފިލްމީ ކެރިއަރަށް އައިސްފައިވާ ހީނަރުކަމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

އެއްްއިރެއްގައި ފިލްމީ ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް، ފާއިތުވި އަހަރުތަކުގައި ޖޭގެ މަގުބޫލުކަން ވަނީ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ފެންވަރު ދަށް ފިލްމުތަކެއްގައި އޭނާ މަސައްކަތް ކުރުމެވެ. މިހާރުވެސް ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ނަމަވެސް، ތަމަޅަ ސިނަމާގެ މުހިންމު މަޝްވަރާތަކުގައި ނުވަތަ އުންމީދީ ތަރިންގެ ލިސްޓުތަކުގައި އޭނާގެ ނަން ފާހަގަކުރެވެނީ ވަރަށް މަދުންނެވެ.

ޑައިރެކްޓަރު އޭ. ވެންކަޓޭޝްގެ ‘ބަގަވަތީ’ (2002) އިން ފިލްމީ ދާއިރާއަށް ތައާރަފްވި ޖޭ، އެ ފިލްމުގައި ކުޅުނީ މިހާރު ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު އަދި މަޝްހޫރު އެކްޓަރު ސީ. ޖޯސެފް ވިޖޭގެ ކޮއްކޮގެ ރޯލެވެ. އޭގެ ފަހުން އޭނާ ވަނީ ‘ޗެންނާއީ 600028’، ‘ސުބްރަމާނިއަޕޫރަމް’، ‘ވާމަނަން’، ‘ގޯއާ’، ‘އެންގޭޔުމް އެއްޕޯތުމް’ އަދި ‘ރާޖާ ރާނީ’ ފަދަ ކާމިޔާބު ފިލްމުތަކުގައި މޮޅު ހުނަރެއް ދައްކާފައެވެ. ނަމަވެސް އެ ކާމިޔާބީ ދަމަހައްޓަން އޭނާއަށް ވަނީ އުނދަގޫވެފައެވެ.

އިސްލާމްދީން ގަބޫލުކުރުމާ ގުޅޭގޮތުން ޖޭ ދެއްކި ވާހަކަ

ޖޭގެ ކެރިއަރުގައި ކުރިމަތިވި އެކި ގޮންޖެހުންތަކުގެ ތެރޭގައި، އޭނާ އިސްލާމްދީން ގަބޫލުކޮށްފިކަމުގެ އަޑުތަކެއް މީގެ ދިހަވަރަކަށް އަހަރު ކުރިން ފެތުރުނެވެ. ފުރަތަމަ މިކަން ދޮގުކުރި ނަމަވެސް، ފަހުން އޭނާ ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

“އަހަރެން އިސްލާމްދީނަށް އަމަލުކުރަމުން އަންނަތާ ހަތް އަހަރު ވެއްޖެ،” 2019 ވަނަ އަހަރު ‘ވިކަޓަން’ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

“އިސްލާމްދީނަށް އަހަރެންގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ ވަރުގަދަ އީމާންތެރިކަމެއް އުފެދުނު. ގޭގެ މީހުންވެސް ތިބީ އުފަލުން. އެމީހުން ބުނަނީ އެއްވެސް ކަލަކަށް އަޅުކަން ނުކޮށް އުޅުނު ކުއްޖާ މިހާރު ކޮންމެވެސް ކަލަކަށް އަޅުކަން ކުރަން ފަށައިފިއޭ. ދީން ބަދަލުކުރި ނަމަވެސް އަދި ރަސްމީކޮށް ނަން ބަދަލެއް ނުކުރަން. ‘އަޒީޒް ޖޭ’ އަށް ނަން ބަދަލުކުރުމާ މެދު ވިސްނަމުން މިދަނީ،” އޭނާ އިތުރަށް ބުންޏެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި، ދީން ބަދަލުކުރަން ނިންމި ސަބަބާ ގުޅޭގޮތުން އޭނާ އިތުރު ތަފްސީލު ދިނެވެ. ބައެއް ހިންދޫ ފައްޅިތަކުން އޭނާއަށް “އިހާނެތިކަމާއި ފުރައްސާރަ” ކުރިމަތިވިކަން ފާހަގަކުރަމުން ޖޭ ބުނީ، މިސްކިތްތަކުން ލިބޭ ފަދަ އިހުތިރާމެއް އެހެން އެއްވެސް ތަނަކުން އޭނާއަށް ނުލިބޭ ކަމަށެވެ. 2011 ވަނަ އަހަރުން ފެށިގެން އިސްލާމްދީނަށް އަމަލުކުރަން ފެށި ނަމަވެސް، އެއީ އޭނާގެ މަސައްކަތަށް އައި ހީނަރުކަމާ ގުޅުންހުރި ކަމެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

“އަހަރެން ސަބަރިމާލާއަށް ދިއުމަށް މާލާ އެޅިން. އަދި އެއް އަހަރު ދުވަހު އީސާގެފާނުގެ ފަށް އަޅައިގެން ރޯދަވެސް ހިފިން. ހުރިހާ ދީންތަކަކީވެސް ރަނގަޅު އެއްޗެއް ކަމަށް ހީކޮށް ހުރިހާ ކަލާނގެތަކަކަށް ތަބާވިން. ނަމަވެސް އެއް ދުވަހަކު ފައްޅިއެއްގެ ތެރެއިން އަހަރެންނަށް ކުރިމަތިވި ފުރައްސާރައާއި، ހިތްހަމަނުޖެހޭ ފަދަ ކަންތައްތަކެއްގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވި. މިފަދަ ކަންތައްތައް ތަކުރާރުކޮށް ހިނގަމުންދިޔަ،” ‘ގަލައްޓާ ޕްލަސް’ އަށް ދިން އިންޓަވިއުގައި އޭނާ ކިޔައިދިނެވެ.

ޖޭ އިތުރަށް ބުނި ގޮތުގައި:

“އަދި މިސްކިތް ތެރޭގައި އެންމެ މަތިވެރި ފަރާތަކީ ކަލާނގެ ކަމަށް އެމީހުން ގަބޫލުކުރޭ. ކިތަންމެ މަޝްހޫރު މީހަކު އައި ކަމުގައިވިޔަސް، އެއީ މާ ބޮޑު މީހެއް ކަމަކަށް ނުދެކޭ. އަހަރެމެން ބޭނުންވާ ކަމަކަށް އެދި ދުޢާކުރުމުގެ ފުރުސަތު އެތަނުން ލިބޭ. ނަމާދުގައި ހުންނަވަގުތު އެކަކުވެސް ކޮއްޕައެއް ނުލާ، ނުވަތަ އަވަހަށް ނުކުންނާކަށް ނުބުނޭ. ބޭނުންވަރަކަށް އަޅުކަމުގައި އިނދެވޭ. އެއީ ހީވަނީ ‘ޔޯގާ’ އެއް ހެން. އިސްލާމްދީނަށް އަމަލުކުރަން ފެށި ފަހުން އަހަރެންގެ މިޒާޖަށްވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ.”

ޖޭ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ޑައިރެކްޓަރު ބާބޫ ވިޖޭގެ ‘ސައްތެންދްރޫ މާރުދޫ ވާނިލައި’ އިންނެވެ. މި ފިލްމުގައި ޔޯގީ ބާބޫ، މީނާކްޝީ ގޯވިންދަރާޖަން އަދި ގަރުޑާ ރާމް ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top