ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރާވަރުގެ ކުދިން މަރިޖުވާނާ ބޭނުންކުރުމަކީ ނަފްސާނީ ބޮޑެތި ބަލިތަކަށް މަގުފަހިވާ ކަމެއް – ދިރާސާ

ފުރާވަރު އުމުރުގައި މަރިޖުވާނާ ނުވަތަ ކެނެބިސް ބޭނުންކުރުމަކީ އޭގެ ސަބަބުން ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއްކޮށް، ނަފްސާނީ ބޮޑެތި ބަލިތަކަށް މަގުފަހިވާ ކަމެއްކަން ދާދިފަހުން ކުރި ބޮޑު ދިރާސާއަކުން ހާމަވެއްޖެއެވެ.

ސައިންސް ޓެކް ޑެއިލީގައި ޝާއިޢުކޮށްފައިވާ މި ދިރާސާގެ ރިޕޯޓުގައި ބުނާގޮތުން، ފުރާވަރުގެ އުމުރުގައި މަރިހުވާނާ ބޭނުންކުރާ ކުދިންނަށް “ސްކިޒޯފްރީނިއާ” ފަދަ ނުރައްކާތެރި ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު، އެފަދަ ތަކެތި ބޭނުންނުކުރާ ކުދިންނަށްވުރެ އެތައް ގުނައެއް އިތުރެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ކެނެޑާގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިކޮށްގެންނެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުރާވަރު އުމުރަކީ އިންސާނާގެ ސިކުނޑި އެންމެ ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ދުވަސްވަރެވެ. މި ދުވަސްވަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރިޖުވާނާ ބޭނުންކުރުމުން، ސިކުނޑީގެ ގުދުރަތީ ތަރައްޤީއަށް ހުރަސްއެޅި، މީހާގެ ވިސްނުމާއި އިހުސާސްތަކަށް ދާއިމީ ބަދަލުތަކެއް އާދެއެވެ.

ޚާއްޞަކޮށް، މަރިޖުވާނާ ބޭނުންކުރާ ކުދިންގެ ކިބައިން ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ފެންނަ މިންވަރު އިތުރުވެ، ހަގީގަތާ އެއްގޮތަށް ކަންކަން ދެނެގަތުމަށް ދަތިވުމާއި، މޫޑަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް މި ދިރާސާއިން ދައްކައެވެ.

މި ހޯދުންތަކާ ގުޅިގެން ސިއްހީ މާހިރުން އަންނަނީ ފުރާވަރުގެ ކުދިންނާއި ޒުވާނުން މިފަދަ ނުރައްކާތެރި އާދަތަކުން ދުރުހެލިކުރުމަށް ބެލެނިވެރިންނާއި މުޖުތަމައު ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ. އަދި މިއީ ހަމައެކަނި ވަގުތީ އުފަލަކަށް ކުރެވޭ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން މުޅި އުމުރަށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ދާންޖެހިދާނެ ކަމުގެ އިންޒާރުވެސް ސައިންސްވެރިން ވަނީ ދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top