ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގުޅުން” ބަލައިފިންތަ؟ މިހާރު ޔޫޓިއުބުން ބަލައިލެވޭނެ!

ޑާކް ރެއިން އެންޓަޓެއިންމެންޓުން މީގެ ފަސް އަހަރު ކުރިން އުފެއްދި ރީތި ކުރު ފިލްމު “ގުޅުން” ޔޫޓިއުބްގައި ރިލީޒްކޮށްފި އެވެ. މިއީ ރާއްޖޭގައި ވަން ޝޮޓުން ޝޫޓްކޮށް އާއްމުކުރި ފުރަތަމަ ފިލްމީ މަސައްކަތް ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިޝްމީ ރަމީޒް، ރަވީ ފާރޫޤް، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)، އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާ ފެނިގެންދާ “ގުޅުން” މިއީ 20 މިނެޓްގެ ކުރު ފިލްމެކެވެ.

ކޮވިޑްގެ ލޮކްޑައުން ދުވަސްވަރު ޑާކް ރެއިން އިން އުފައްދައި މީޑިއާ ނެޓްގައި ރިލީޒްކުރި އެންތޮލޮޖީ ސީރީޒް ފިލްމު ”ގުޅުން“ގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ މިއީ ކޮންޓިނުއަސްކޮށް ވަން ޝޮޓުން ޝޫޓްކޮށްފައި ފިލްމެއް ކަމަށެވެ.

“މިއީ ކޮންޓިނުއަސްކޮށް ވަން ޝޮޓުން ޝޫޓްކޮށްފައި ފިލްމެއް. މި ފިލްމަކީ ރިލޭޝަންޝިޕްގެ މައްޗަށް އަލިއަޅުވާލާ ފިލްމެއް.

މިއީ ޢީދު ހަދިޔާއަކަށް ބެލުންތެރިންނަށް ދޫކޮށްލާ ފިލްމެއް.” ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް މަޢުލޫމާތުދެމުން ފާހަގަކުރިއެވެ.

”ގުޅުން“ މިއީ ޢާއިޝަތު ފުއާދު ތަޢުފީޤް ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

”ގުޅުން“ ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހެދީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހެދީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މި ފިލްމުގެ ތަރިންގެ މޭކަޕްކޮށްދީފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ޙަސަން އާދަމް އެވެ.

2021 ވަނަ އަހަރު ނެރުނު “ގުޅުން” ކުރު ފިލްމު އާންމުންނަށް ފަސޭހަ ކަމާއި އެކު ފެންނާނެހެން ޔޫޓިއުބަށް އަދި އެހެންވެސް ސޯޝަލް މީޑިޔާ ޕޭޖް ތަކަށްލާފައިވާކަން ފާހަގަކޮށްލެވެއެވެ.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top