ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ހަނީ ގާރލިކް ޝްރިމްޕް – މުނިއަވަސް ރަހަފަތް

ޑިނގަޔަކީ މީރު އަދި ފައިދާހުރި، ކަނޑުންލިބޭ ކާނާއެކެވެ. ލޮނުމެދާއި މާމުއީގެ މީރު ރަހައާއި ޑިނގާގެ ރަހަ އެކުވުމުން ހަމަގައިމުވެސް އުފެދޭނީ މީރު ރަހައެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މިއަދު މުނިއަވަސް ރަހަފަތުގައި މިގެނެސްދެނީ ހަނީ ގާރލިކް ޝްރިމްޕް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

– 4 މޭޒުމަތީ ސަމުސާ މާމުއި

– ½1 މޭޒުމަތީ ސަމުސާ ރިޑިއުސްޑް-ސޯޑިއަމް ސޯޔާ ސޯސް

– 1/3 ސައިސަމުސާ ބޯކޮށް މުގުރާފައިވާ ހިކިމިރުސް

– ½1 ސައި ސަމުސާ އިނގުރު (ގާނާފައި)

– 3 ފިތް ލޮނުމެދު ގާނާފައި (ގާތްގަނޑަކަށް 1 މޭޒުމަތީ ސަމުސާ)

– 1 ޕައުންޑު ނުވަތަ 0.45 ގްރާމް ޑިނގާ (ސާފުކޮށްފައި)

– ½1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

– ރަހަލާވަރަށް ލޮނު

– ރަހަލާވަރަށް އަސޭމިރުސް (މުގުރާފައި)

– 3 މޭޒުމަތީ ސަމުސާ ގްރީން އަނިޔަން (ފިޔާ ފަތް) ގާނިޝް ކުރަން ބޭނުންނަމަ

– ބަތް (ސަރވް ކުރުމަށް)

– ބްރޮކޮލީ ނުވަތަ އެހެންވެސް ތަރުކާރީއެއް

ތައްޔާރުކުރާނެ ގޮތް:

1- ބޯތަށްޓެއްގެ ތެރެއަށް މާމުއި، ސޯޔާސޯސް، މުގުރާފައި ހުރި ހިކިމިރުސް، އިނގުރު އަދި ލޮނުމެދު އަޅާފައި ރަނގަޅަށް އެއްކޮށްލާފައި އެއްފަރާތެއްގައި ބަހައްޓާށެވެ.

2- އެހެން ބޯތަށްޓެއްގެ ތެރެއަށް ޑިނގާ އަދި ޒައިތޫނިތެޔޮ އަޅާށެވެ. ލޮނާއި އަސޭމިރުސް އަޅައިގެން ޑިނގާ ތަކުގައި ރީތިކޮށް ހޭކޭވަރަށް އެއްކޮށްލާށެވެ.

3- ތަވައެއް އުނދުނަށް އުދައި މަޑުގިނީގައި ބަހައްޓާށެވެ. ޑިނގާކޮޅު ތަވަޔަށް އަޅައިގެން ޑިނގާތައް ކައްކާށެވެ. ފަހަރަކު ފަރާތެއް ރަނގަޅަށް ކެކެންދެން ބަހައްޓަން ވާނެ އެވެ. ކޮންމެ ފަރާތެއްވެސް ގާތްގަނޑަކަށް 1-2 މިނެޓް ކެއްކުމުން ރަނގަޅުވާނެ އެވެ.

4- ޑިނގާތައް ކެކުމުން މާމުއި އާއި ލޮނުމެދު އެއްކޮށްފައިހުރި ތަކެތި އަޅާލައި ކަމީރުކޮށްލުމަށްފަހު ޑިނގާތައް ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ. ގާތްގަނޑަކަށް 1 މިނެޓް ކެއްކުމުން ރަނގަޅުވާނެ އެވެ.

5- ކެއްކިއިރު ހުރި ދިޔަގަނޑު ބަތަށް އަޅައިގެން ޑިނގާ އަށް އިންސާފުކޮށްލާށެވެ. ފިޔާފަތާއި ތަރުކާރީ އަކީ ބޭނުންނަމަ އަޅައިގެން ކެއުމަށް ހޯދި ތަކެއްޗެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top