ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ލޯޑެޑް ޗީޒީ ފްރައިސް – މުނިއަވަސް ރަަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 10 މިނެޓް
⏱️ ކައްކަން: 30 މިނެޓް
🍲 4 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 1 ½ ފައުންޑް އަލުވި (ދިގުކޮށް ކޮށާފައި)
🍳 2 ސައިސަމުސާ ކައްކާ ތެޔޮ
🍳 ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)
🍳 2 ސައިސަމުސާ ބަޓަރު
🍳 2 ސައިސަމުސާ ފުށް
🍳 1 ½ ޖޯޑު ކިރު
🍳 2 ޖޯޑު ޗެޑަރ ޗީޒް (ގާނާފައި)
🍳 ½ ސައިސަމުސާ ލޮނުމެދު މުގުރި (ގާލިކް ޕައުޑަރ)
🍳 ½ ސައިސަމުސާ ސްމޯކްޑް ޕެޕްރިކާ
🍳 ކޮށާފައިވާ ތާޒާ ޕާސްލީ

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަވަން 220 ޑިގްރީ ސެލްސިއަސް (425 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ.

2 – ކޮށާފައިވާ އަލުވިތަކުގައި ތެޔޮ، ލޮނު، އަދި އަސޭމިރުސް އުނގުޅުމަށްފަހު، ފިހާ ޓްރޭއެއްގައި އެއް ފަށަލައަށް އަތުރާލާށެވެ.

3 – 30 އާއި 35 މިނެޓާ ދެމެދު، އަލުވިތަކުގެ މުށިކުލަ އަރައި މުރަނަވަންދެން ފިހާށެވެ. ފިހެމުންދާއިރު މެދުތެރެއިން އެއްފަހަރު އަލުވިތައް ފުށުން ޖަހާލަންވާނެއެވެ.

4 – އަލުވިތައް ފިހެވެމުންދާއިރު، ތަވައެއްގައި މަޑުގިނީގައި ބަޓަރުކޮޅު ވިރުވާލާށެވެ.

5 – ބަޓަރުގެ ތެރެއަށް ފުށްކޮޅު އެޅުމަށްފަހު އެއް މިނެޓު ވަންދެން ހަލުވަމުން ކައްކާލާށެވެ.

6 – އޭގެ ތެރެއަށް ކިރުކޮޅު އަޅަމުން، އެއްވެސް ގަނޑެއް ނުހުންނާނެހެން ރަނގަޅަށް ގިރުވާށެވެ.

7 – ދެން އޭގެ ތެރެއަށް ޗީޒް، ލޮނުމެދު ޕައުޑަރު، ޕެޕްރިކާ، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު، ޗީޒްކޮޅު ވިރި އޮމާންވަންދެން ހަލުވަމުން ކައްކާށެވެ.

8 – ފިހުނު ހޫނު އަލުވިތައް ކާން ތައްޔާރުކުރާ ތަށްޓަކަށް އެޅުމަށްފަހު، އޭގެ މައްޗަށް ތައްޔާރުކުރި ޗީޒް ސޯސް ގިނަގިނައިން އަޅާލާށެވެ.

9 – އެންމެ ފަހުން މައްޗަށް ކޮށާފައިވާ ޕާސްލީ އާއި ކުޑަ އަސޭމިރުސްކޮޅެއް ބުރުއްސާލުމަށްފަހު ސާވްކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top