ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ރާޖާ ލަންޑަން ކާ” ޖޫންގައި
ފޮޓޯ: ފޭސްބުކް

އެކްސްޕްރެސް އެންޓަޓެއިންމަންޓްގެ އާ ޑްރާމާ ސިލްސިލާ “ރާޖާ ލަންޑަން ކާ” އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ މި ރޮމޭންޓިކް ތުރިލާގެ ޓައިޓްލް ރޯލުން ފެނިގެންދާނީ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ސަމަރް ޖަފްރީއެވެ. މީގެ އިތުރުން ޒަވިޔާރް ނޫމާން އިޖާޒް، ރިމްހާ އަޙްމަދު، އަމީމާ ސަލީމް، އަރްޖުމަންދު ރަހީމް، އަލީ ވަސީ ކާޒްމީ، ޝަގުފްތާ އީޖާޒް އަދި ޔޫސުފް ބަޝީރް ޤުރޭޝީ ފަދަ ހުނަރުވެރި ތަރިން މި ސިލްސިލާއިން ފެނިގެންދާނެއެވެ.

މި ސިލްސިލާގެ ވާހަކަ ބިނާވެފައިވަނީ “ރާޖާ” ކިޔާ ޒުވާނެއްގެ ދިރިއުޅުމުގެ މައްޗަށެވެ. ކުށްވެރިންގެ ނުފޫޒުގަދަ އަދި ނުރައްކާތެރި މާހައުލެއްގައި ބޮޑުވި ރާޖާއަކީ މުޖުތަމައު ބަލައިނުގަންނަ، ވައްކަމާއި މަކަރުވެރިކަމުގެ ތުހުމަތު އެޅިފައިވާ މީހެކެވެ. ނަމަވެސް، އޭނާގެ ދިރިއުޅުމުގައި ކުރިމަތިވާ ހާދިސާތަކަކާއެކު، ބާރުގަދަ ފަރާތްތަކާ ކުރިމަތިލައި، އަމިއްލަ ނަން ސާފުކުރުމަށް ކުރާ މަސައްކަތްތައް މި ޑްރާމާއިން ފެނިގެންދާނެއެވެ. މީގެ އިތުރުން ލޯތްބާއި، ކެހިވެރިކަމާއި، މީހާގެ ތަޤުދީރު ބަދަލުވެގެންދާ ގޮތް މި ސިލްސިލާގައި ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ.

“ރާޖާ ލަންޑަން ކާ” ގެ ސްކްރީންޕްލޭ ލިޔެފައިވަނީ ޝާހިދު ޑޯގަރްއެވެ. ޑައިރެކްޓްކުރީ “ނަ މާލޫމް އަފްރާދު 2” އާއި “ޗެނަކް” ފަދަ އުފެއްދުންތައް ގެނެސްދިން ޑައިރެކްޓްކުރި ފަޖުރު ރަޒާއެވެ. ޕްރޮޑިއުސްކުރީ ފުލް ފްރޭމް ޕްރޮޑަކްޝަނުންނެވެ.

އަންނަ ޖޫން މަހުގެ 1 ގައި އެކްސްޕްރެސް ޓީވީއިން “ރާޖާ ލަންޑަން ކާ” ދައްކަން ފަށާއިރު، މި ޑްރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި އަންގާރަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8:00 ގައެވެ. މީގެ އިތުރުން އެކްސްޕްރެސް ޓީވީގެ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާ ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top