ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިގު އިންތިޒާރަށް ނިމުމެއް! އަމްޖޭގެ “ގިލަން” މިމަހު ރިލީޒްކުރަނީ
ފޮޓޯ: ގިލަން މޫވީ ފޭސްބުކް ޕޭޖް

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ 50 ވަނަ ޑައިރެކްޝަން “ގިލަން” ރިލީޒްކުރާ ތާރީޚު އާންމުކޮށްފިއެވެ.

މިއަދު ގިލަން ފިލްމުގެ މީސްމީޑިއާ މަންސަތަކުގައި ފިލްމުގެ ޕޯސްޓަރަކާއެކު ފިލްމު ރިލީޒްކުރާ ތާރީޚު އާންމުކޮށްފައިވާއިރު މިއީ އެކި ސަބަބުތަކާހެދި ގިނަ ދުވަސްތަކެއް ވަންދެން ރިލީޒްނުކުރެވި ދިގުދެމިގެން ގޮސްފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

ފިލްމުގެ ލީޑް ރޯލުން ޔޫސުފް ޝަފީޢު (ޔޫއްޕެ) އަދި ފާޠިމަތު އާޒިފާ (އަޒޫ) ފެނިގެންދާއިރު، އަޙްމަދު ސައީދު، އާމިނަތު ނޫރާ، ޢަލީ އާޒިމް (ދޮން އައްޔަ)، މުޙައްމަދު ރަޝީދު (ދަރާ) އަދި މަރިޔަމް ޝަކީލާ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާނެއެވެ.

ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ގެ ސިނަމަޓޮގްރަފީއެއް މި ފިލްމުން ފެނިގެންދާނެއިރު، ފިލްމުގެ އެޑިޓިން މަސައްކަތް ކޮށްފައިވަނީ މޮޅު އުފެއްދުންތަކެއް ގެނެސްދީފައިވާ ރަވީ ފާރޫޤެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށްފައިވަނީ އާރް ސްކޮޔާޑް ޕްރޮޑަކްޝަންސް، ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަންސް އަދި ޝައި ޕްރޮޑަކްޝަނުންނެވެ.

އަޒޫ އާއި ނޫރާގެ މޭކަޕްތައް ފެނިގެންދާ މި ފިލްމުގެ ބެކްގްރައުންޑް މިއުޒިކް ތައްޔާރުކޮށްފައިވަނީ ބެކް މިއުޒިކް އުފެއްދުމުގައި ދެވަނައެއް ނުވާ އައްޔުމަން ޝަރީފެވެ. ލަވަތަކުގެ މިއުޒިކުގެ މަސައްކަތް ޙުސައިން ސޮބާޙް ކުރިއަށް ގެންދިޔައިރު ލަވަތަކުގެ އަޑުގެ ވެރިންނަކީ ރާފިޔަތު ރަމީޒާ، ޙުސައިން ސޮބާޙް، ޢަބްދުއްރައޫފް އަދި ފާޠިމަތު ރައޫފެވެ. ލަވައިގެ ޅެންތައް ތައްޔާރުކުރީ ސޮބާޙް އާއި ޢަބްދުއްރައޫފެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުޙައްމަދު ޤާސިމް 1998 ވަނަ މިއަދު ނޫހުގައި ޝާއިޢުކުރި “ގިލަން” ވާހަކައިގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ސްކްރީންޕްލޭވެސް ލިޔެފައިވަނީ ޤާސިމެވެ. އަމްޖޭ ވަނީ މީގެ ކުރިންވެސް ޤާސިމްގެ ވާހަކަތަކަށް ކާމިޔާބު ފިލްމުތަކެއް އުފައްދާފައެވެ. އޭގެ ތެރޭގައި “އުދަބާނި” އަދި “ހަފަރާތް” ފާހަގަކޮށްލެވެއެވެ.

11 އަހަރަށްފަހު ސިނަމާތަކަށް އަންނަ “ގިލަން” އޮލިމްޕަހުގައި ރިލީޒްކުރަން ތާވަލުކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ތަރިންގެ ހުނަރުވެރި އެކްޓިންތަކެއް ފެނިގެންދާނެ މި ފިލްމަކީ ބެލުންތެރިން ކުރި ދިގު އިންތިޒާރަކީ “ވޯތު” އެއްޗެއްކަން ސާބިތުކޮށްދޭނެވަރުގެ މޮޅު އުފެއްދުމަކަށް ވާނެކަމުގެ ޔަޤީންކަން ފިލްމުގެ ޓީމުން ދެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top