ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މައިދަތައަކު އޭނާގެ ދަނބިދަރިއާ ކައިވެނިކޮށްފި

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ކާންޕޫރު ދޭހާތު ޑިސްޓްރިކްޓްގައި، އަންހެނަކު އޭނާގެ އަމިއްލަ ދަނބިދަރިއާ ކައިވެނިކޮށް، އޭނާގެ ދަރިފުޅުގެ އާއިލީ ދިރިއުޅުން ހަލާކުކޮށްލި ހިތާމަވެރި ހާދިސާއެއް ފެންމަތިވެއްޖެއެވެ.

މި ދެމީހުން ވަނީ ކޯޓު މެދުވެރިކޮށް ކައިވެނިކޮށް، އެ ކައިވެނީގެ ސެޓްފިކެޓް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގެ އަކްބަރުޕޫރު ފުލުސް ސްޓޭޝަންގެ އިހުތިސާސްގެ ތެރޭގައެވެ.

މައިދައިތަ އާއި ދަނބިދަރި ވަނީ ކައިވެނީގެ ސެޓްފިކެޓާއެކު ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލައި، އެމީހުންގެ ގުޅުން ބަލައިގަނެ، ހެޔޮ ދުޢާ ކޮށްދިނުމަށް އާންމުންގެ ކިބައިން އެދިފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ކައިވެނި ރަޖިސްޓްރީ ކޮށްފައިވަނީ ކާންޕޫރު ނަގަރު ކޯޓަށް ގޮސްގެންނެވެ. ނަމަވެސް، މިހާތަނަށް މި މައްސަލައާ ގުޅިގެން ފުލުހުންނަށް އެއްވެސް ރަސްމީ ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މިވެސް ކިޔާލަން:  އިންޑިއާގައި ނިޕާ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން ސިއްޙީ އެލާޓެއް ނެރެފި
7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top