ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހްރުކް ޚާން ދޫކޮށް މައިކަލް ޖެކްސަންއާ ބައްދަލުކުރި ގޮތް ފަރާ ޚާން ކިޔައިދީފި

“އަދިވެސް އެ ހަނދާންތަކުން ގައިން ހީބިހި ނަގާ” ފަރާ ޚާން

ލަވައިގެ ރަސްގެފާނު، މައިކަލް ޖެކްސަންއާ ބައްދަލުވި ފުރުސަތުގެ ހަނދާންތައް ފަރާ ޚާން އާކޮށްފިއެވެ. އިންޑިއާގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ކޮރިއޮގްރާފަރު ފަރާ ޚާން ދާދިފަހުން ވަނީ، މީގެ އަހަރުތަކެއް ކުރިން ޝާހްރުކް ޚާންގެ ހުށަހެޅުމެއް ދޫކޮށްލުމަށްފަހު، މައިކަލް ޖެކްސަންއާ ބައްދަލުކުރަން ދިޔަ ހިނދުކޮޅުގެ ތަފްސީލު ހިއްސާކޮށްފައެވެ.

އޭނާގެ ޔޫޓިއުބް ވްލޮގްގައި އެކްޓްރެސް ޝްރުތީ ސިންހާއާ ވާހަކަދައްކަމުން ފަރާ ބުނިގޮތުގައި، އެ ދުވަސްވަރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ޝާހްރުކް ޚާން އާއި އައިޝްވާރިޔާ ރާއީ ފަދަ ތަރިންގެ ނެށުންތައް ތައްޔާރުކޮށްދިނުމަށެވެ. ނަމަވެސް، އެ އިވެންޓުގެ ސްޕޮންސަރު، މައިކަލް ޖެކްސަން ޚާއްޞަ މެހެމާނެއްގެ ގޮތުގައި އަތުވެދާނެ ކަމަށް ބުނުމުން، ފަރާ ވަނީ ހުރިހާ މަސައްކަތެއް ހުއްޓާލާފައި އޭނާއާ ބައްދަލުކުރަން ގޮސްފައެވެ.

“ޝާހްރުކް ސްޓޭޖަށް އަރަން ތައްޔާރުވަމުން ދަނިކޮށް ސްޕޮންސަރު ބުނީ މައިކަލް ޖެކްސަން އެބަ އާދެއޭ. ސްޕޮންސަރު އެހި ކޮބާހޭ ތިޔަ ކުރާ މަސައްކަތް؟ އަހަރެން ބުނިން އެކަން ބާއްވާށޭ، ޝާހްރުކްއާ ފަހުންވެސް ބައްދަލުވާނެ ނޫންހޭ.” “މައިނ ހޫނާ” ގެ ޑައިރެކްޓަރު ފަރާ އެ ވަގުތު ސިފަކުރަމުން ބުންޏެވެ.

މައިކަލް ޖެކްސަން އާއެކު ފަރާ ޚާން ނެގި ފޮޓޯ ރީފައިންކޮށްފައި

“އެމީހުން އަހަރެން އޭނާގެ ކޮޓަރިއަށް ގެންދިޔައިރު، މުޅި ތަން އޮތީ ވަރަށް ބޮޑަށް އަނދިރިކޮށްފަ. ސަބަބަކީ އޭނާ ގަދަ އައްޔަށް ލޯބިނުކުރާތީ. އޭނާ އިނީ ވަރަށް ފަނޑު އަލިކަމެއްގެ ތެރޭގަ. މި ވާހަކަ ދައްކާއިރުވެސް އަދިވެސް އަހަރެންގެ ގައިން ހީބިހި ނަގާ.” މައިކަލް ޖެކްސަން ހުރި ކޮޓަރިއަށް ވަދެވުނު ވަގުތުގެ މައްޗަށް އަލިއަޅުވާލަމުން ފަރާ ބުންޏެވެ.

“އޭނާ އަހަރެންގެ ނަން އެހުމުން ‘ފަރާ ޚާން’ އޭ ބުނުމުން، އެއީ ވަރަށް ބާރުގަދަ ނަމެއް ކަމަށް އޭނާ ބުނި. އަދި އޭނާއާއެކު ފޮޓޯއެއް ނެގުމުގެ ފުރުސަތުވެސް ލިބުނު.” އެ ބައްދަލުވުމުގައި ހިނގި ކަންތައްތައް ހިއްސާކުރަމުން ފަރާ ބުނީ، މައިކަލް ޖެކްސަންއަކީ ވަރަށް މަޑުމައިތިރިކޮށް ވާހަކަދައްކާ މީހެއް ކަމަށެވެ.

ފަރާ ޚާން ބުނިގޮތުގައި، އޭނާގެ އެންމެ ބޮޑު ނަމޫނާ ކަމަށްވާ މައިކަލް ޖެކްސަންއާއެކު ނަގާފައިވާ އެ ފޮޓޯއަކީ، އޭނާގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ އަގުބޮޑު އަދި އެންމެ ހަނދާނީ ރަންމުތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top