ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހޮނުއެޅުމުގެ ސަބަބުން ސްރީލަންކަން އެއާލައިންސްގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކަށް ހޮނު އެޅުމާ ގުޅިގެން، ރޭގެ (ޖޫން 12، 2026) ވަގުތެއްގައި ކަޓުނަޔަކަ އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސަން ޖެހިއްޖެއެވެ.

އެ އެއާލައިނުން މައުލޫމާތު ދޭ ގޮތުގައި، ‘UL 606’ ފްލައިޓް ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭގެ އެއް އިންޖީނަށް ވަނީ ހޮނު އަޅާފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޓު އަނބުރާ ކަޓުނަޔަކައަށް މިސްރާބު ބަދަލުކޮށް، ސަލާމަތްތެރިކަމާއެކު ވަނީ ޖައްސާފައެވެ.

މި ހާދިސާއާ ގުޅިގެން ދަތުރުވެރިން ފަހުން އެހެން ބޯޓެއްގައި އޮސްޓްރޭލިއާއަށް ފޮނުވާފައިވާއިރު، މިކަމުގެ ސަބަބުން ދަތުރު ފަސް ގަޑިއިރަށްވުރެ ގިނަ އިރު ލަސްވި ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނު ކަށަވަރުކޮށްދެއްވި ގޮތުގައި، މި ހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ލިބިފައި ނުވާ އިރު، ބޯޓަށް ވެސް އެއްވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް މިފަދަ ބައެއް ބުރޫތައް އަރަމުންދާ މި ދަނޑިވަޅުގައި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ އިސްކަމެއް ދޭނެ ކަމަށް ސްރީލަންކަން އެއާލައިންސްއިން ވަނީ ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top