ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކިޑްސަލް 2026 – ދުވަސް 2
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސްއިން މި އަހަރު އަލަށް ފެށި ކިޑްސަލް ފުޓްސަލް މުބާރާތުގެ ފަސްވަނަ މެޗާއި ހަވަނަ މެޗު އަދި ހަތްވަނަ މެޗާއި އަށްވަނަ މެޗު މިއަދު ކުޅެފިއެވެ.

މެޗު 5

މުބާރާތުގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ ސްޓާރސް އެކަޑަމީ އާއި ވިލިމާލެ ޔުނައިޓެޑް އެކަޑަމީ އެވެ. ފަސޭހަކަމާއިއެކު 5-0 އިން ވިލިމާލެ ޔުނައިޓެޑް އެކަޑަމީ މޮޅުވި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ، އިލާން ޙަސަން 3 ލަނޑު، މުޙައްމަދު އާކިލް 1 ލަނޑު އަދި ސައްޔަފް 1 ލަނޑު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލިމާލެ ޔުނައިޓެޑް އެކަޑަމީއަށް ތިން ލަނޑު ޖަހައިދިން އިލާން ޙަސަން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިލާން ޙަސަން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 6

މުބާރާތުގެ ހަވަނަ މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެކަޑަމީ އާއި ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބެވެ. ވާދަވެރިކަން ބޮޑުވި މި މެޗުން ނިއުރޭޑިއަންޓް މޮޅުވީ ފަހު ވަގުތު ޖެހި ލަނޑުންނެވެ. 3-4 އިން ނިއުރޭޑިއަންޓް މޮޅުވި މި މެޗުގައި ނިއުރޭޑިއަންޓްގެ ރާއިޝް ތިން ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖެހީ ޔޫސުފް ލާއިގް އެވެ. ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކުލަބުގެ ލަނޑުތައް ޖެހީ އިބްރާހީމް އަބާން 1 ލަނޑު، މުޙައްމަދު ޝަހުމް 1 ލަނޑު އަދި ހަމީސް 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ ރާއިޝް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ރާއިޝް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 7

މުބާރާތުގެ ހަތްވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ވެލެންސިއާ އެކަޑަމީ އާއި ބީޖީ ސްޕޯޓްސް ކުލަބް އެކަޑަމީ އެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ބީޖީ ސްޕޯޓްސްގެ ދެ ލަނޑު ޖެހީ ހުސެއިން ރިހާން އާއި މިސްކު އެވެ. ވެލެންސިއާގެ ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް އިޔާސް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް އިޔާސް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 8

މެޗުގެ މޮޅު ކުޅުންތެރިޔާ ކިޔާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މުބާރާތުގެ އަށްވަނަ މެޗުގައި ބައްދަލުކުރީ އެޑްވެންޗަރ އެކަޑަމީ އާއި ބިސްބުރު ސްޕޯޓްސް ކްލަބް އެކަޑަމީ އެވެ. ފަސޭހަކަމާއިއެކު 3-1 އިން ބިސްބުރު މޮޅުވި މި މެޗުގައި ބިސްބުރުގެ ލަނޑުތައް ޖެހީ އަޒާން މުޙައްމަދު އާއި އަލްޔާން އަދި ޔޫސުފް އަޒާން، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. އެޑްވެންޗަރ އެކަޑަމީގެ ލަނޑު ޖެހީ ޢަބްދުﷲ ރިހާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޑްވެންޗަރ އެކަޑަމީގެ ކިޔާން އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top