ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮތީގެ ބާވަތާއި ފިރިހެނުންގެ ދަރިފަނީގެ ސިއްހަތާ ހުރި ގުޅުން
މރ. ހެލްތީ - އެފްބީ

“ހިއުމަން ރީޕްރޮޑަކްޝަން ޖާނަލް” (ޖޫން 2023) ގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ފިރިހެނުން އެތެރެއިންލާ ފޭރާން ނުވަތަ ޖަނގިޔާ އުފައްދާފައިވާ ފޮތީގެ ބާވަތާއި ދަރިމައިވުމުގެ ޤާބިލުކަމާ ދެމެދު ވަރުގަދަ ގުޅުމެއް އޮވެއެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި، ހަތަރު މަސް ދުވަސް ވަންދެން “ޕޮލިއެސްޓަރ” ފޮތީގެ ޖަނގިޔާ ބޭނުންކުރި ފިރިހެނުންގެ ދަރިފަނި (ސްޕާމް) އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުން ދަރިފަނި އެއްކޮށް މަދުވެފައިވާކަންވެސް މި ދިރާސާގެ މުއްދަތުގައި ފާހަގަކުރެވުނެވެ.

ސައިންސްވެރިން ބަޔާންކުރާ ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ހޫނުމިނެވެ. ދަރިފަނި އެންމެ ފުރިހަމައަށް އުފެދެނީ ހަށިގަނޑުގެ އާންމު ހޫނުމިނަށްވުރެ ކުޑަކޮށް ފިނި މާހައުލެއްގައެވެ. ނަމަވެސް ޕޮލިއެސްޓަރ ފަދަ ސިންތެޓިކް ފޮއްޗަކީ ހޫނު ހިފަހައްޓާ އަދި ވައި ދައުރުވުން ކުޑަކޮށްދޭ އެއްޗަކަށް ވުމުން، އޭގެ ސަބަބުން ދަރިފަނި އުފެދުމަށް ހުރަސްއެޅޭ ފަދަ މާހައުލެއް އުފެދެއެވެ.

އުފާވެރި ޚަބަރަކީ، މިއީ އަލުން ރަނގަޅު ކުރެވިދާނެ ކަމެއްކަން ދިރާސާއިން އެނގުމެވެ. މި ދިރާސާގެ ބައިވެރިންގެ ތެރެއިން، ވައި ދައުރުވާ ފަދަ “ކޮޓަން” ފޮއްޗަށް ބަދަލުވި މީހުންގެ ދަރިފަނި އުފެދޭ މިންވަރު ވަގުތާއެކު އަލުން އިތުރުވާން ފެށިކަން ވަނީ ފާހަގަކުރެވިފައެވެ.

ކަމާބެހޭ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ދަރިމައިވުމުގެ ސިއްޙަތަށް ދިރިއުޅުމުގެ އާދަކާދަތަކާއި ތިމާވެށީގެ އެކި ކަންކަން އަސަރުކުރެއެވެ. ހަމައެކަނި ބޭނުންކުރާ ޖަނގިޔާގެ ބާވަތުން ހުރިހާ ކަމެއް ނިންމާނުލެވުނު ކަމުގައިވިޔަސް، ވައި ދައުރުވާ ފަދަ ފޮތީގެ ބާވަތްތައް އިޚްތިޔާރު ކުރުމަކީ ދަރިމައިވުމުގެ ސިއްޙަތަށް ބާރުލިބޭ ކަމެކެވެ. ޚާއްޞަކޮށް ދަރިއަކު ހޯދުމަށް ރާވާ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top