ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ އާއި ހޯކްސް ފައިނަލަށް
ފޮޓޯ: ޖާޒިޔާ ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން ބާއްވާ ކިންގްސް ކަޕް 2026 ގެ ފައިނަލަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ކުލަބް ހޯކްސް ދަތުރު ކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗު މިރޭ ވަނީ ކުޅެފައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކުލަބް އެއިޓީ ފޯ އެފްސީ އާއި ކުލަބް ހޯކްސް ބައްދަލުކޮށްފައިވާއިރު، ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ކޯރާކޯރާ މޯލްޑިވްސްއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗު ފަސޭހަކަމާއިއެކު 6-1 އިން ހޯކްސް ކާމިޔާބު ކުރި ނަމަވެސް، ސެމީ ފައިނަލްގެ ދެވަނަ މެޗު ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ސްޓެލްކޯއިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރީ 4ـ3 އިންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކުލަބް އެއިޓީ ފޯ އެފްސީގެ ލަނޑު ޖެހީ މުޙައްމަދު އަޖުފާންއެވެ. ކުލަބް ހޯކްސްގެ ލަނޑުތައް ޖެހީ އުނައިސް ޒުބައިރު 3 ލަނޑު އަދި މުޙައްމަދު ސާދު ނިޒާރާއި މުޙައްމަދު ފާސިރުގެ އިތުރުން އުލާން ބަޓީރުބެކް، ކޮންމެ ކުޅުންތެރިއެއް އެއް ލަނޑެވެ.

ކިންގްސް ކަޕް 2026 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ކުލަބް ހޯކްސް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ހޯކްސްގެ އުލާން ބަޓީރުބެކެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ސްޓެލްކޯގެ ދެ ލަނޑު ޖެހީ މުޙައްމަދު ވިލްފް އާއި ޝުއައިދު ސައީދެވެ. ކޯރާކޯރާއިން ލަނޑު ޖެހީ އިބްރާހީމް އަނާން އާއި މުޙައްމަދު އަޝްރަފެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ސްޓެލްކޯ ކާމިޔާބު ކުރިއިރު ކޯރާކޯރާއަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ.

6-5 އިން ސްޓެލްކޯ މޮޅުވެ ފައިނަލުގެ ދެވަނަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ގޯލްކީޕަރ އަދުހަމް އަޙްމަދެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top