ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިއޯއެސް 27 އާއެކު ފޭސްޓައިމްއަށް ގެނެވުނު މުހިންމު ތިން ބަދަލު

އައި.އޯ.އެސް 27 އިގެ އަޕްޑޭޓާއެކު ފޭސްޓައިމްއަށް ތިން ކުރިއެރުމެއް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އައިފޯނުގެ އައު މޮޑެލްތަކުގައި ހިމަނާފައިވާ ‘ޑުއަލް ކެމެރާ’ ފީޗާއެވެ.

އައިފޯން 17، އައިފޯން 17 ޕްރޯ، އައިފޯން 17 ޕްރޯ މެކްސް، އަދި އައިފޯން އެއާ ބޭނުންކުރާ ފަރާތްތަކަށް ‘ޑުއަލް ކެޕްޗާ’ ފީޗާ މެދުވެރިކޮށް އެއްވަގުތެއްގައި ފޯނުގެ ކުރިމަތީ ކެމެރާއާއި ފަހަތު ކެމެރާއިން މަންޒަރުތައް ރިކޯޑް ކުރެވޭނެއެވެ. އައި.އޯ.އެސް 27 އާއެކު، މި ފީޗާ މިހާރު ފޭސްޓައިމް އެޕްގައި ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން ވީޑިއޯ ކޯލެއްގައި ހުންނައިރު، ފޯނުގެ ދެ ކެމެރާއިން ފެންނަ މަންޒަރުތައް އެއްފަހަރާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

‘9ޓު5މެކް’ އިން ވަނީ އައި.އޯ.އެސް 27 ގެ ބީޓާ ވާޝަންގައި މި ފީޗާ ޓެސްޓުކޮށްފައެވެ. ވިއުފައިންޑާގެ ތިރީ ވާތްފަރާތުގައި އިންނަ ‘ކެމެރާ ފްލިޕް’ ބަޓަނަށް ފިއްތާލުމުން އަމިއްލައަށް ‘ޑުއަލް ކެޕްޗާ’ މޯޑަށް ބަދަލުވެ، ކުރިމަތީ ކެމެރާއާއެކު ފަހަތު ކެމެރާގެ މަންޒަރުތައް ފެންނަން ފަށާނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކުރިމަތީ ކެމެރާގެ މަންޒަރު ކަނޑާލުމުގެ އިޚުތިޔާރުވެސް ލިބިގެންވެއެވެ. ކޯލުގެ އަނެއްކޮޅުގައި ހުރި މީހާ ބޭނުންކުރަނީ ކުރީގެ އައިފޯނެއް ނަމަވެސް، އެ ފޯނެއްގައި އައި.އޯ.އެސް 27 އަޅާފައިވާނަމަ މި ‘ޑުއަލް ކެމެރާ’ ފީޑް ފެންނާނެއެވެ.

މީގެ އިތުރުން އައި.އޯ.އެސް 27 ގައި ފޭސްޓައިމްއަށް ގެނެވުނު އަނެއް ދެ ބަދަލަކީ:

📱އިންޓަނެޓް ކަނެކްޝަން ދަށް ހާލަތްތަކުގައިވެސް ފޭސްޓައިމް ކޯލުގެ ފެންވަރު ރަނގަޅުކުރުން.

📱‘ލައިވް ކެޕްޝަންސް’ (ލައިވްކޮށް ލިޔުން އެރުވުން) މިހާރު ޓްރެޑިޝަނަލް ޗައިނީޒް ބަހުން ލިބެން ހުރުން.

އައި.އޯ.އެސް 27 މިހާރު ޑިވެލޮޕަރުންނަށް ޓެސްޓުކުރުމަށް ދޫކޮށްލާފައިވާއިރު، އާންމުންނަށް ޓެސްޓުކުރުމަށް (ޕަބްލިކް ބީޓާ) ޖުލައި މަހު ނެރޭނެއެވެ. އަދި މި އަޕްޑޭޓް ރަސްމީކޮށް އާންމުކޮށް ދޫކޮށްލާނެ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top