އަޅުގަނޑުގެ މި “ސެންޓް ސީރީޒް” ނުވަތަ ވަސްތަކާ ބެހޭ ސިލްސިލާގެ ރިޕޯޓުތައް ތިޔަބޭފުޅުންނަށް ކަމުދާނެކަމަށް ކަމަށް އުންމީދު ކުރަމެވެ. މިއީ ސެންޓަކީ ހަމައެކަނި ވަހެއްގެ ބަދަލުގައި، އެއީ ތިމާގެ އަމިއްލަވަންތަކަމާއި، މިޒާޖާއި، ހައިބަތު ދައްކުވައިދޭ އެއްޗަކަށް ވާނެ ގޮތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސިލްސިލާއެކެވެ. މިފަހަރު އަޅުގަނޑު މި ހިއްސާކޮށްލަނީ މާ ބޮޑަށްވެސް މުއްސަނދި، ފުން އަދި މަތީ ފަންތީގެ ސެންޓެކެވެ.
މިއީ 2018 ވަނަ އަހަރު މަޝްހޫރު ސެންޓް އުފައްދާ މާހިރު ކުއެންޓިން ބިޝް ތައްޔާރުކޮށް ބާޒާރަށް ނެރުނު، އަންހެނުންނަށް ޚާއްޞަ އޮރިއެންޓަލް ސެންޓެއް ކަމަށްވާ “ޕަރފިއުމްސް ޑި މާލީ ޑެލީނާ އެކްސްކްލޫސިވް” އެވެ.
މި ސެންޓު އިޚްތިޔާރު ކުރަންވީ ކީއްވެ؟
މުއްސަނދި، ރޮމޭންޓިކް، އަދި ނުހަނު އަންހެންވަންތަ
“ޑެލީނާ އެކްސްކްލޫސިވް” އަކީ ފިނިފެންމަލުގެ ވަސް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭ، ހިތްގައިމު އަދި ކްރީމީ ސެންޓެކެވެ.
މި ސެންޓުން އިޙުސާސްކޮށްދެނީ:
● ހޫނު ވެނީލާގެ ތެރެއަށް ގަންބާލާފައިވާ މަޑު ފިނިފެންމަލެއްގެ މީރުވަސް.
● ސްމޯކީ އިންސެންސް ވަހުން ވަށާލެވިފައިވާ ފޮނި މޭވާގެ ރަހަތަކެއް.
● މުޅި މާހައުލަށް ފެތުރިގެންދާ ފިސާރި ޝާހީ އަދި ކަރާމާތްތެރި ވަހެއް.
މިއީ ހަމައެކަނި އާދައިގެ މާވަހެއް ނޫނެވެ. މިއީ ކެރޭ، ސިއްރުވެރި އަދި ޖަޒުބާތީ ވަހެކެވެ.
ވަހުގެ އެކުލެވުން:
● އެންމެ ކުރިން ދުވާ ވަސް (ޓޮޕް ނޯޓްސް): ލައިޗީ، ޕެއަރ، ބާގަމޮޓް، ޕިންކް ޕެޕަރ، ގްރޭޕްފްރޫޓް.
● މެދުތެރެއިން ދުވާ ވަސް (ހާރޓް ނޯޓްސް): ތުރުކީ ފިނިފެންމާ، އޫދު އަގަރު.
● ގިނައިރު ހުންނަ ވަސް ( ބޭސް ނޯޓްސް): ވެނީލާ، އެމްބަރ، ލަކުޑީގެ ވަސްތައް، މަސްކް، ވެޓިވާ، އެވަރނީލް.
ފެށުމުގައި މޭވާގެ ތާޒާކަން އިޙުސާސްވި ނަމަވެސް، މާގިނައިރުތަކެއް ނުވެ އޫދާއި ސްމޯކީ އިންސެންސްގެ އަސަރު އެކުލެވޭ ގަދަ ފިނިފެންމަލުގެ ވަހަކަށް ބަދަލުވެގެންދެއެވެ. އަދި އެންމެ ފަހުން ވެނީލާ އާއި އެމްބަރގެ މަޑުމައިތިރި ކްރީމީ ވަހެއްގައި ހަރުލާފައި ހުރެއެވެ.
● ވަސް ފެތުރޭ މިންވަރު: ވަރަށް ބޮޑަށް ފެތުރޭ.
● ދެމިހުންނަ ވަގުތު: 10 އަކާއި 12 ގަޑިއިރަށްވުރެ ގިނައިރު.
މިއީ މީހުންގެ ސަމާލުކަން ދަމައިގަންނާނެ ވަހެކެވެ. މުޅި ދުވަހު އޭގެ ތާޒާކަން ހުންނާނެއެވެ.
މި ވަސް ކަމުދާނީ ކޮންބަޔަކަށް؟
● ގަދަ އަދި ޝާހީ ފިނިފެންމަލުގެ ވަހަށް ލޯބިކުރާ މީހުންނަށް.
● ފޮނި އަދި އެހާމެ ތަފާތު އޮރިއެންޓަލް ވަސްތަކަށް ޝައުގުވެރިވާ މީހުންނަށް.
● ޚާއްޞަ މުނާސަބަތުތަކަށް ޚާއްޞަ ސެންޓެއް ބޭނުންވާ މީހުންނަށް.
މިއީ އަމިއްލަ ނަފުސަށް އިތުބާރު އޮންނަ، މަތީ ފަންތީގެ އަދި ތަހުޒީބީ މިޒާޖެއްގެ މީހުންނާ ނުހަނު ގުޅޭ ސެންޓެކެވެ.
ބޭނުންކުރުމަށް އިރުޝާދެއް:
● އޭގެ ކްރީމީގަނޑު އިތުރަށް ފާޅުކޮށްލުމަށް މަޑު ވެނީލާގެ ވަހަކާ އެކުލަވާލެވިދާނެއެވެ.
● އޮމާންކަމެއް ގެނައުމަށް މަސްކް ބޭނުންކުރެވިދާނެއެވެ.
● އިތުރު ގަދަ ވަސްތަކާ އެއްކުރުމުން ދުރުވާށެވެ. ސަބަބަކީ މި ސެންޓަކީ އަމިއްލަ ޒާތުގައިވެސް ފުރިހަމަ އަދި ގަދަ ވަހަކަށް ވާތީއެވެ.
2018 ވަނަ އަހަރު ނެރުނު ފަހުން، “ޑެލީނާ އެކްސްކްލޫސިވް” ވެފައިވަނީ “ނީޝް ޕަރފިއުމަރީ” ގެ ދުނިޔޭގައި ފާހަގަކޮށްލެވޭ، މުއްސަނދި އަދި ރޮމޭންޓިކް ސެންޓަކަށެވެ. މިއީ ހަމައެކަނި ހަންގަނޑުގައި ޖަހާލާ ވަހެއް ނޫނެވެ. މިއީ ތިމާގެ ވަށައިގެން އޮންނަ ޝާހީ ކަމާއި ބާރުވެރިކަން ރަމްޒުކޮށްދޭ ފުރިހަމަ ސެންޓެކެވެ.
