ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްކޮޓްލެންޑުން ހެއިޓީ ބަލިކޮށްފި!
ފޮޓޯ: ގޫގަލް

ފީފާ ވޯލްޑް ކަޕް 2026 ގައި ސްކޮޓްލެންޑުން 1-0 އިން ހެއިޓީ ބަލިކޮށްފިއެވެ.

ގްރޫޕް ސީގައި ހިމެނޭ ސްކޮޓްލެންޓާއި ހެއިޓީ ބައްދަލުކުރި މެޗު ކުޅެފައިވަނީ ފޮކްސްބޮރޯ ވެސްޓަން ޔުނައިޓެޑް ސްޓޭޑިއަމްގައެވެ.

ދިގު މުއްދަތެއްގެ މެދުކެނޑުމަށްފަހު މިއަހަރު ވޯލްޑް ކަޕުން ޖާގަ ހޯދި ހެއިޓީ އާއި ސްކޮޓްލެންޑަކީ ވޯލްޑް ކަޕްގައި ކާމިޔާބު ހިސްޓްރީއެއް އޮތް ދެ ޤައުމެއް ނޫނެވެ. ސްކޮޓްލެންޑުން އެންމެފަހުން ވޯލްޑް ކަޕްގައި ކުޅެފައިވަނީ 1998 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތުން އެ ޓީމް ކެޓީ އެންމެ ޕޮއިންޓަކާއިއެކުއެވެ. އަދި ހެއިޓީ އެންމެ ފަހުން ވޯލްޑް ކަޕް ކުޅެފައިވަނީ 1974 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތުން ހެއިޓީ ކެޓީ ޕޮއިންޓެއް ނުލިބިއެވެ.

މި ގުރޫޕްގައި ދެން ހިމެނޭ ބުރެޒިލާއި މޮރޮކޯ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއިއެކު ސްކޮޓްލެންޑް މިވަނީ ވަގުތީގޮތުން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ.

ސްކޮޓްލެންޑާއި ހެއިޓީ ބައްދަލުކުރި މި މެޗުގައި މޮޅަށް ކުޅެފައިވަނީ ހެއިޓީއެވެ. އެ ޓީމުން 13 ޝޮޓް ނެގިއިރު 3 ޝޮޓް ގޯލާއި އަމާޒުވިއެވެ. ބޯޅަ ހިފެހެއްޓުމާއި ރަނގަޅު ޕާސް ދިނުމުގައި ވެސް އެ ޓީމު އޮތީ ކުރީގައެވެ. ސްކޮޓްލެންޑަށް ނެގުނީ 8 ޝޮޓެވެ.

ހެއިޓީއިން މޮޅަށް ކުޅުނު ނަމަވެސް ލަނޑު ޖެހުމަށް އެ ޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވިއެވެ.

މެޗުގެ ކުރީކޮޅު މޮޅަށް ކުޅުނު ސްކޮޓްލެންޑުން އެ ޓީމުގެ ލަނޑު ޖެހީ 28 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯން މެކްގިންގްއެވެ. ސްކޮޓްލެންޑްގެ ދެ ކުޅުންތެރިން ގުޅިގެން އުފެއްދި ހަމަލާ ހެއިޓީގެ ކީޕަރު ދިފާއުކުރި ވަގުތު ލިބުނީ އޭރިޔާތެރޭ ހުސްކޮށް ހުރި ޖޯން މެކްގިންގްއަށެވެ. ވަރަށް ހަމަޖެހިލާފައި ގޯލާއި ދިމާއަށް އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ހެއިޓީ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.

ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ހެއިޓީއަށް ފުރުސަތުގެ ބޭނުން ހިފޭވަރަށްވުރެ ސްކޮޓްލެންޑްގެ ޑިފެންސް ފެނުނީ ވަރުގަދަކޮށް ބަދަހިކޮށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top