ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕްރިތުވިރާޖްގެ “އައި ނޯބޮޑީ” ޖުލައިގައި
ފޮޓޯ: ގޫގަލް

މަލަޔާޅަމް ސިނަމާގެ މަޝްހޫރު އެކްޓަރު ޕްރިތުވިރާޖް ސުކުމާރަންގެ ކުރިއަށް އޮތް ހީސްޓް އެކްޝަން ތުރިލާ “އައި، ނޯބޮޑީ” ރިލީޒްކުރާ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

ނިސާމް ބަޝީރު ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ 9 ޖުލައި 2026 ގައެވެ. ޕްރިތުވިރާޖް ވަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް، ފިލްމުގެ ފޯރިގަދަ ޕޯސްޓަރެއް ހިއްސާކޮށް މި ތާރީޚު ކަށަވަރުކޮށްދީފައެވެ.

މި ފިލްމުގައި ޕްރިތުވިރާޖް ފެނިގެންދާނީ އަނބިދަރިންނާއެކު އާދައިގެ ދިރިއުޅުމެއް އުޅެމުންދާ “ރަޖީވަން” ނަމަކަށް ކިޔާ މީހެއްގެ ރޯލުންނެވެ. ނަމަވެސް ބޭންކު ފޭރުމުގެ ބޮޑު ހާދިސާއެއްގެ ތެރެއަށް އޭނާ މެދުވެރިވެ، އޭނާއަކީ އެކަމުގެ ޝިކާރައެއްތޯ ނުވަތަ އެކަމުގެ އަޑީގައި ހުރި މާސްޓަރ މައިންޑްތޯ ސުވާލު އުފެދޭ ފަދަ ގޮތަކަށް ފިލްމުގެ ވާހަކަ ބިނާކޮށްފައިވެއެވެ.

ޕްރިތުވިރާޖާއެކު މި ފިލްމުގެ މުހިންމު ރޯލަކުން މަޝްހޫރު ބަތަލާ ޕާވަތީ ތިރުވޯތޫ ފެނިގެންދާނެއެވެ. މީގެ އިތުރުން ހަކީމް ޝާހްޖަހާން، އަޝޯކަން، ވިޖަޔަރާގަވަން އަދި މަދުޕާލް ފަދަ ތަރިން މި ފިލްމުން ފެންނާނެއެވެ. ސަމީރު އަބްދުލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ މި ފިލްމަކީ ޕްރިތުވިރާޖް ޕްރޮޑަކްޝަންސް އާއި އީ4 އެކްސްޕެރިމެންޓްސް ގުޅިގެން އުފައްދާ ފިލްމެކެވެ.

ޚަބަރުތައް ބުނާގޮތުން މި ފިލްމުގެ ޓްރެއިލާ ކުރިއަށް އޮތް ދުވަސްތަކުގައި ދައްކާލާނެއެވެ. އަދި ފިލްމުގެ އޯޑިއޯ ލޯންޗުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ދުބާއީގައެވެ.

“އައި، ނޯބޮޑީ” ގެ އިތުރުން ޕްރިތުވިރާޖްގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި ރާހުލް ސަދާސިވަން ޑައިރެކްޓްކުރާ ހޮރޯ ފިލްމު “އޮޑިޔަން” އާއި، 20 އޮގަސްޓް 2026 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޝަން ތުރިލާ “ޚަލީފާ” ހިމެނެއެވެ. މީގެ އިތުރުން މަހޭޝް ބާބޫ އާއި ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ ފިލްމު “ވަރަނާސީ” ގެ މައި ވިލަންގެ ރޯލުންވެސް ޕްރިތުވިރާޖް ފެނިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top