ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަލްކީ 2 ” އާއި އާލިއާ ބަޓް ގުޅެނީ؟
ފޮޓޯ: ގޫގަލް

2024 ވަނަ އަހަރު ސިނަމާތަކަށް އައިސް ބޮޑު މަޤުބޫލުކަމެއް ހޯދި ސައިންސް ފިކްޝަން ފިލްމު “ކަލްކީ 2898 އޭޑީ” ގެ ދެވަނަ ބަޔާ ބެހޭގޮތުން އާ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ. އަމީތާބް ބައްޗަން، ކަމަލް ހާސަން އަދި ޕްރަބާސް މުހިންމު ރޯލުތަކުން ފެނިގެންދިޔަ މި ފިލްމުގެ ސީކުއަލްއާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް، އާކާޝްވާނީ އަދި ތެލުގޫ ޗިތުރާލޫ ފަދަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އާލިއާ ވަނީ މިދިޔަ މަހު ހައިދަރުއާބާދުގައި ފަސް ދުވަހުގެ މުއްދަތަށް ފިލްމުގެ ޝޫޓިންގައި ބައިވެރިވެފައެވެ.

ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔަ ދީޕިކާ ޕަޑުކޯން މި ފްރެންޗައިޒުން ވަކިވެފައިވާއިރު، ކުރިން ހީކުރެވުނީ އާލިއާ ފެންނާނީ ދީޕިކާ ކުޅުނު ސުމަތީ (ކަލްކީގެ މަންމަ) ގެ ރޯލުން ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން އާލިއާ ކުޅޭނީ މުޅިން ތަފާތު މުހިންމު ރޯލެކެވެ. އަދި ދީޕިކާގެ ރޯލުން ދެން ފެނުން އެކަށީގެންވަނީ ސާއީ ޕައްލަވީ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

“ޕިންކްވިލާ” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ޝޫޓިން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ހަލުވި މިނެއްގައި ކުރިއަށްދާނެއެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހަށް ފިލްމުގެ މަސައްކަތް އެއްކޮށް ނިންމައި، 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފިލްމު ރިލީޒްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ކަލްކީގެ ފުރަތަމަ ބައި ފެށިގެން އައީ މަހާބާރަތުގެ ހަނގުރާމައަށްފަހު، ކަލިޔުގަ ފެށުނު ހިސާބުންނެވެ. އޭގެ ހަ ހާސް އަހަރު ފަހުން، މީލާދީން 2898 ވަނަ އަހަރު ދުނިޔެ ބަދަލުވެފައިވާ އަނިޔާވެރި ގޮތްތަކާއި، “ސުޕްރީމް ޔަސްކިން” ގެ ވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ދެވަނަ ބައިގައި އިތުރަށް ފުންކޮށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. މި ސީކުއަލްގައި އާ ކެރެކްޓާތަކާއި، ހީނުކުރާ ފަދަ އެތައް ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top