ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފީފާއިން ފޮކްސް ނެޓްވޯކަށް އަދަބުދޭން ނިންމައިފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، ކުޅުންތެރިން ފެންބުއިމަށް ދޭ ހާއްސަ ވަގުތުކޮޅު ނުވަތަ ‘ހައިޑްރޭޝަން ބްރޭކް’ ތެރޭގައި ފޮކްސް ސްޕޯޓްސްއިން އިޝްތިހާރު ދެއްކުމާ ގުޅިގެން ފީފާއިން އެ ނެޓްވޯކަށް ފިޔަވަޅު އަޅައިފިއެވެ. ފީފާގެ ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ ނެޓްވޯކަށް ވަނީ އަމާޒުވެފައެވެ.

ފީފާގެ ބްރޯޑްކާސްޓިންގް ގަވާއިދުގައިވާ ގޮތުން، ކޮންމެ މެޗެއްގެ ތެރޭގައި ފެންބުއިމަށް ދޭ ތިން މިނެޓުގެ ވަގުތަކީ މެދުކެނޑުމެއް ނެތި ދައްކަންޖެހޭ ވަގުތެކެވެ. ނަމަވެސް، ފޮކްސް ސްޕޯޓްސްއިން އެ ވަގުތުކޮޅުގެ ތެރޭގައި އިޝްތިހާރު ފޮނުވުމުން، އެއީ ބެލުންތެރިންނަށް އުނދަގޫވާ ގޮތަށް އަދި ވިޔަފާރީގެ ފައިދާ އިސްކޮށްގެން ކުރި ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިއީ މި މުބާރާތުގެ ބްރޯޑްކާސްޓިންގް އުސޫލުތަކާ ބޮޑު މިންވަރަކަށް ހިލާފުވި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ފޮކްސް އިން ބުނީ އެއީ ރެފްރީ ބްރޭކް ދިން ވަގުތު އޮޅުމަކުން ދިމާވި ކަމެއް ކަމަށެވެ.

މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގައި ހިނގި މި ހާދިސާއާ ގުޅިގެން، ފޮކްސްއާއެކު ވެފައިވާ 485 މިލިއަން ޑޮލަރުގެ އެއްބަސްވުމާ އެ ނެޓްވޯކުން ހިލާފުވެފައިވާކަން ފީފާއިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިކަމާ ގުޅިގެން އެ ފަރާތަށް އަދަބު ދިނުމަށް ފީފާއިން ވަނީ ރަސްމީކޮށް ނިންމާފައެވެ.

‘ދަ ގާޑިއަން’ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފީފާގެ އުސޫލުތައް ބުނާގޮތުން މެޗު އަލުން ފެށުމުގެ މަދުވެގެން 30 ސިކުންތު ކުރިން ބްރޯޑްކާސްޓަރުން މެޗަށް އެނބުރި ދާންޖެހެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top