ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮސްޓްރިއާ މުބާރާތް ފެށީ މޮޅަކުން
ފޮޓޯ: ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް “ޖޭ” ގެ މެޗުގައި، ޖޯޑަންގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރިހޯދައި އޮސްޓްރިއާއިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. އެމެރިކާގެ ސެން ފްރާންސިސްކޯގައި ކުޅުނު މި މެޗަކީ ވޭތުވެދިޔަ 36 އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ކަޕް މެޗަކުން އޮސްޓްރިއާ މޮޅުވި ފުރަތަމަ މެޗެވެ.

ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅޭ އޮސްޓްރިއާ ޓީމު، 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ހޯދައިގެން މި މުބާރާތަށް ނުކުތްއިރު، މިއީ ޖޯޑަންގެ ފުޓްބޯޅަ ތާރީޚުގައި އެ ޤައުމުން ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 21 ވަނަ މިނެޓުގައި އޮސްޓްރިއާއަށް ލީޑު ނަގައިދިނީ އެ ޓީމުގެ މިޑްފީލްޑަރު ރޮމާނޯ ޝްމިޑް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރުގަދަ ހަމަލާއަކުންނެވެ.

ދެ ޓީމުންވެސް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ޖޯޑަންގެ އަލީ އޮލްވާން ވަނީ ހިތްގައިމު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އޮސްޓްރިއާގެ ތަޖުރިބާކާރު ފޯވާޑް މާކޯ އާނައުޓޮވިޗް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ. އެއީ އެ ލަނޑު ޖެހުމުގެ ކުރިން ސްޓެފަން ޕޮޝްގެ އަތުގައި ބޯޅަ ޖެހިފައިވާތީއެވެ.

އޮސްޓްރިއާއިން އަލުން މެޗުގެ ލީޑު ނެގީ 76 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އޮސްޓްރިއާއިން ފޮނުވާލި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޖޯޑަންގެ ޑިފެންޑަރު ޔަޒަން އަލް އަރަބް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޮސްޓްރިއާގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އާނައުޓޮވިޗްއެވެ.

މި މޮޅާއެކު ގްރޫޕް ޖޭގައި އޮސްޓްރިއާއަށް ވަނީ ވަރަށް އުންމީދީ ފެށުމެއް ލިބިފައެވެ. އެ ޓީމު ދެން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. އަދި މި މެޗުން ބަލިވި ޖޯޑަން ދެން ބައްދަލުކުރާނީ އަލްޖީރިއާއާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top