ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔާރާގެ “ޕްރޮޖެކްޓް ޑީ” ގައި އެމްއެންޑީއެފްގެ އެސް.އޯ.ޖީ ބައިވެރިވޭ

ޔާރާ ޕްރޮޑަކްޝަނުން “ޕްރޮޖެކްޓް ޑީ” ގެ ނަމުގައި އުފައްދާ އައު ފިލްމުގެ މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސް.އޯ.ޖީ) ބައިވެރިވެފައިވާކަން ހާމަކޮށްފިއެވެ.

މިކަން އިޢުލާނުކުރީ “ޕްރޮޖެކްޓް ޑީ” އިން ބޭއްވި ޚާއްޞަ އިފްތާރެއްގެ ވީޑިއޯއެއް އާއްމުކުރަމުންނެވެ. މި ޚާއްޞަ އިފްތާރުގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ، ކާނަލް ޢަލީ މަނިކު (ދާރީ) އަދި ވޮރަންޓް އޮފިސަރ 3 އިބްރާހީމް އަޙްމަދު، ޚާއްޞަ މެހެމާނުންގެ ގޮތުގައި ބައިވެރިވެލެއްވި އެވެ.

މި ފިލްމުގެ އަސްލު ނަން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ޔާރާ ޕްރޮޑަކްޝަނުން ބުނެފައިވަނީ މި ޕްރޮޖެކްޓަކީ ވަރަށް ތަފާތު އަދި ފޯރިގަދަ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގައި އެމްއެންޑީއެފްގެ އެންމެ ވަރުގަދަ އެއް ޔުނިޓް ކަމަށްވާ އެސް.އޯ.ޖީގެ ބައިވެރިވުން ހިމެނުމަކީ ފިލްމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޕްރޮޑަކްޝަނުން ސިފަކުރެއެވެ.

ޔާރާ ޕްރޮޑަކްޝަނުން މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ސްޕެޝަލް އޮޕަރޭޝަން ގްރޫޕަކީ “ޕްރޮޖެކްޓް ޑީ” ޓީމުގެ ވަރަށް މުހިންމު ބައެކެވެ. އެ ޕްރޮޑަކްޝަނުން ބުނީ މިފަދަ ވަރުގަދަ އަދި ހުނަރުވެރި ޓީމަކާއެކު މަސައްކަތް ކޮށްލަން ލިބުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

“އަޅުގަނޑުމެންގެ ‘ޕްރޮޖެކްޓް ޑީ’ ޓީމުގައި އެމް.އެން.ޑީ.އެފް ގެ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސް.އޯ.ޖީ) އިން އަދާކުރި މުހިންމު ދައުރު ފާހަގަކުރަން. މިފަދަ ހިތްވަރުގަދަ އަދި ސާބިތުކަންމަތީ ދެމިއޮތް ޓީމަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ، އަޅުގަނޑުމެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް” ޕްރޮޖެކް ޑީ

މި ފިލްމުގެ މަންޒަރުތައް ނެގުމުގައި އެސް.އޯ.ޖީގެ ސިފައިން އަމަލީ ގޮތުން ބައިވެރިވެފައިވާއިރު، މިއީ ރާއްޖޭގެ ފިލްމީ ސިނާއަތުގައި މިހާތަނަށް ފެނިފައި ނުވާފަދަ ފޯރިގަދަ މަންޒަރުތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށް ބެލެވެއެވެ.

“ޕްރޮޖެކްޓް ޑީ” އަކީ ކޮން ކަހަލަ ފިލްމެއްކަން އަދި ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، ސިފައިންގެ ޚާއްޞަ ފައުޖެއްގެ ބައިވެރިވުން އޮތުމުން، މިއީ އެކްޝަން ނުވަތަ އަސްކަރީ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ޕްރޮޖެކްޓް ޑީ އިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލައި އަޅުގަނޑުމެންގެ އަމިއްލަ ‘ގެސް’އެކެވެ.

ޔާރާ ޕްރޮޑަކްޝަނަކީ ފެންވަރު ރަނގަޅު ގިނަ ފިލްމުތަކެއް ދިވެހި ސިނާއަތަށް ގެނެސްދީފައިވާ މަޝްހޫރު ޕްރޮޑަކްޝަނެކެވެ.

“ޕްޑޮޖެކް ޑީ” އަކީ ކޮން ފިލްމެއްކަމާއި ފިލްމުގެ ތަފުސީލީ މަޢުލޫމާތުތައް މިމަހުގެ 26 ވަނަ ދުވަހު ހާމަކުރުމަށް މިހާރު ވަނީ ކައުންޓްޑައުންއެއް ފަށާފައެވެ.

މިއީ ‘ޔާރާ ޕްރޮޑަކްޝަން’ އިން ބޮޑު ބްރޭކަކަށްފަހި 15 އަހަރު ފަހުން އެނބުރި އަންނަ ވަރުގަދަ ޕްރޮޖެކްޓެއްކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top