އައިފިލްމްސް އިން މީގެ ދުވަސްކޮޅެއް ކުރިން އިޢުލާނުކުރި ފިލްމު “ޕާޓީ:ގެ ޝޫޓިން ފަށައިފިއެވެ.
“އެރޭ ޕާޓީގަ މަގޭ ދަރިޔަށް ކިހިނެއްހޭ ވީ؟” ރުޅިވެރިކަމާއި، ކަންބޮޑުވުމާއި ކޮންމެވެސް ވަރެއްގެ ހިތާމައާއެކު މި ސުވާލުކުރާ އަޑު އިވެއެވެ. އެ އަޑަކީ ހަމަ ގައިމުވެސް ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ ހުނަރުވެރި އެއް އެކްޓްރެސް ނިޢުމާ މުހައްމަދުގެ އަޑު ނޫން އެހެން އަޑެއް ނޫނެވެ. މިއީ ފިލްމު “ޕާޓީ”ގެ ޝޫޓިން ނުވަތަ ޕްރޮޑަކްޝަން މަސައްކަތް ފެށިކަން ހާމަކުރުމަށް އައިފިލްމްސް އިން އާއްމުކޮށްފައިވާ ވީޑިއޯކޮޅަކުން އިވޭ އަޑުކޮޅެކެވެ.
ފިލްމު “ޕާޓީ”ގެ ލީޑުން ފެނިގެންދާނީ ނިޢުމާ މުޙައްމަދު ކަމަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ވަނީ މިދިޔަ ހަފުތާގައި ހާމަކޮށްފައެވެ.
View this post on Instagram
ކިޔުންތެރިންގެ ޚިޔާލު
