އޭނާ މޫދަކަށް ނޭރެއެވެ. ނަމަވެސް އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްދިނެވެ!
ފްލޮރިޑާގެ ޕެންސަކޯލާ ބީޗުގައި، މިޔަރު ބޭނުމުގެ މަސައްކަތްކުރާ އެންޑްރޫ ސްމިތު ވަގުތު ހޭދަކުރަމުން ދަނިކޮށް، ބިރުވެރި ހާދިސާއަކާ ކުރިމަތިވިއެވެ. ފުރާވަރުގެ އަންހެން ކުއްޖަކު ކުއްލިއަކަށް އޮޔާ ދަމައިގަނެ، ގޮނޑުދޮށާ މާ ދުރަށް ގެންދިޔައެވެ. އެވަގުތު އެހެން އަންހެން ކުއްޖަކު އެހީއަށް އެދި ހަޅޭއްލަވަމުން އަތިރިމަތީގައި ދުވަމުން ދިޔައެވެ.
އެންޑްރޫ އެ ކުއްޖާ ސަލާމަތްކުރުމަށް މޫދަށް ފުންމާލަން ބޭނުންވިއެވެ. ނަމަވެސް އޭނާއަށް އެކަން ކުރެވޭކަށް ނެތެވެ. އޭނާއަށް ޖެހިފައިވާ “ސީޒާ ޑިސްއޯޑާ” (ފިިޓުޖެހޭ ބަލީ)ގެ ސަބަބުން މޫދަށް އެރުމަކީ އޭނާއަށް ރައްކާތެރި ކަމެއް ނޫނެވެ. އަދި އެވަގުތު އެހީތެރިކަން ފޯރުކޮށްދެވޭ ފަދަ ހިތްވަރުގަދަ މީހަކު އެ ސަރަހައްދަކު ނެތެވެ.
ކުއްލިއަކަށް، އެންޑްރޫގެ ލޮލުގައި އަޅައިގަތީ އޭނާ މަސްބޭނުމަށް ގެންގުޅޭ ޑްރޯންއެވެ. އޭނާ ވަގުތުން ވިސްނުންތެރިކަމާއެކު، ޑްރޯންގައި ފެންމަތީގައި އޮންނަ ފަލްކާއެއް (ފެންމަތީގައި އޮންނަ އާލާތެއް) ހަރުކޮށް، އޮޔާދާ ކުއްޖާއާ ދިމާލަށް ޑްރޯން އުދުއްސާލިއެވެ.
ވައިގަދަވުމުގެ ސަބަބުން ފުރަތަމަ ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ނަމަވެސް އެންޑްރޫ އުންމީދު ކަނޑައެއް ނުލައެވެ. އޭނާ އަލުން ޑްރޯން އަނބުރާލުމަށްފަހު ދެވަނަ ފަހަރަށް މަސައްކަތް ކުރިއެވެ. މިފަހަރު އޭނާ ވަރަށް ފަރުވާތެރިކަމާއެކު، އެ ކުއްޖާއަށް އަތްލެވޭ ހިސާބަށް ފަލްކާ ތިރިކޮށްދިނެވެ.
އެމެޖެންސީ ޓީމުތަކަށް އެ ސަރަހައްދަށް އާދެވި، އެ ކުއްޖާ ރައްކާތެރިކަމާއެކު އެއްގަމަށް ގެނެވެންދެން، އޭނާ ފެންމަތީގައި އޮތީ އެ ފަލްކާގެ އެހީގައެވެ.
ސަލާމަތްކުރި ފަރާތްތަކުން ފަހުން ބުނި ގޮތުގައި، އެންޑްރޫގެ އެ ހުޝިޔާރު ވިސްނުން ނެތްނަމަ، އެ ކުއްޖާގެ ފުރާނަ ސަލާމަތްވުމަކީ ދުރު ކަމެކެވެ. އެ ކުއްޖާގެ ބައްޕަ، އުފަލުން ފުރިގެންވާ ހާލުގައި، އެންޑްރޫއަކީ ހަގީގީ “ރަހުމަތުގެ މަލާއިކަތެއް” ފަދަ މީހެއްގެ ގޮތުގައި ސިފަކުރިއެވެ.
