ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮންގޯ ބަލިކޮށް ކޮލަމްބިއާ ދެވަނަ ބުރަށް

މިހާރު ކުރިޔަށްދާ ފީފާ ވޯޑްގެ ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ހޯދި ދެވަނަ މޮޅާއިއެކު، ވޯލްޑްކަޕް މުބާރާތެއްގެ ދެވަނަ ބުރުން އަނެއްކާ ވެސް ކޮލަމްބިއާ ޖާގަ ހޯދައިފިއެވެ.

މެކްސިކޯގެ ޒަޕޯޕާންގައި ކުޅުނު މިމެޗްގައި ކޮލަމްބިއާއާ ބައްދަލުކުރި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އެވެ.

ދެކުނުއެމެރިކާ ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ކޮލަމްބިއާއަކީ އެސަރަހައްދުގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމެވެ. ދުނިޔޭގެ ފެންވަރުގެ ތަރިންތަކެއް ފުޓްބަޅައިގެ މައިދާނަށް ނެރެފައިވާ ކޮލަމްބިއާ ޓީމުގައި މިފަހަރު ވެސް ތަރިންތަކެއް އެބަތިބިއެވެ. ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އާއި ލުއިސް ޑިއާޒްގެ އިތުރުން އާރޮން ވެންބިސާކާ، ޔޮއާން ވިސާ ފަދަ އެތައް ކުޅުންތެރިން ހިމެނެއެވެ.

2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓާރ ފައިނަލަށް ދިއުމަކީ މިހާތަނަށް ވޯލްޑްކަޕްގައި އެޓީމަށް ހޯދުނު އެންމެބޮޑު ކާމިޔާބެވެ.

ވާދަވެރި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތެކެއް ދެޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވިފަ އެވެ.
ފުރަތަމަމެޗްގައި ވަރުގަދަ ޕޯޗްގަލް ހިފެހެއްޓި ކޮންގޯގެ ޑިފެންސް މިމެޗްގައި ވެސް ފެނުނީ ވަރުގަދަކޮށް ބަދަހި ކޮށެވެ. ކީޕަރުގެ ފަރާތުން ވެސް މޮޅުކުޅުމެއް ފެނުނު މިމެޗްގައި އޭނާ ވަނީ ކޮލަމްބިއާގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.

ފުރަތަމަ ހާފު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ނިމުނުއިރު، ދެވަނަ ހާފުގައި ލަނޑެއް ޖެހުމަށް ކޮލަމްބިއާ އިން ކުރި މަސައްކަތް އެތައް ގުނައެއް އިތުރުކުރިއެވެ.

މެޗްގައި ފެނުނު ހަމައެކަނި ލަނޑު ކޮލަމްބިއާއިން ޖެހީ 76 ވަނަ މިނިޓްގަ އެވެ. ކުރިން މެޗުގައި ވެސް ލަނޑު ޖެހި ޑެނިއަލް މުނޯޒް މިލަނޑު ޖެހީ ކުއިންޓޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުން ކޮލަމްބިއާ މޮޅުވީ އުޒްބެކިސްތާނާއި ވާދަކޮށް 3-1 އިންނެވެ. ދެވަނަ މެޗްގައި މިއަދު ކޮންގޯއާ ބައްދަލުކޮށް މޮޅުވީ 1-0 އިންނެވެ.

ގުރޫޕް ކޭގެ އެއްވަނާގައި ހަޕޮއިންޓާއިއެކު ކޮލަމްބިއާ އޮތްއިރު އެޓީމަށް ވަނީ ދެވަނަ ބުރު ޔަގީން ވެފައެވެ. ދެވަނާގައި އޮތް ޕޯޗްގަލްއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ތިންވަނާގައި އޮތް ކޮންގޯއަށް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް އުޒްބެކިސްތާނަށް ޕޮއިންޓެއް ނުލިބިއެވެ.

މިގުރޫޕްގެ ފަހުމެޗްތަކުގައި ކޮލަމްބިއާއިން ޕޯޗްގަލްއާ ވާދަކުރާއިރު، ކޮންގޯއިން ވާދަކުރާނީ އުޒްބެކިސްތާނާއިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top