ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔާރާ ޕްރޮޑަކްޝަންސްގެ “ޕްރޮޖެކްޓް ޑީ” ގެ ނަމާއި މަޢުލޫމާތުތައް ހާމަކޮށްފި

ދިވެހި ފިލްމީ އުފެއްދުންތަކަށް މަޝްހޫރު ޔާރާ ޕްރޮޑަކްޝަންސްއިން “ޕްރޮޖެކްޓް ޑީ”ގެ ކޯޑު ނަމުގައި ކުރިއަށްގެންދިޔަ އާ ފިލްމުގެ ނަމާއި އެ ފިލްމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް މިއަދު އާންމުކޮށްފިއެވެ.

މި ފިލްމާ ގުޅޭ ތަފުސީލުތައް ހާމަކޮށްފައިވަނީ މިއަދު މެންދުރުފަހު 14:00 ގައި ޕްރޮޖެކްޓް ޑީގެ މީސްމީޑިއާ ޕޭޖަށް އާއްމުކުރި ފިލްމުގެ ނަން ހާމަކުރާ ވީޑިއޯ އަކުންނެވެ. ޔާރާ ޕްރޮޑަކްޝަނުން “ޕްރޮޖެކްޓް ޑީ” ގެ ނަމުގައި ހަފުތާއެއްހާ ދުވަހު ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ފޯރިގަދަ ކައުންޓްޑައުންއަކަށްފަހު، މިއަދު އެނގިގެންދިޔައީ މި ފިލްމުގެ އަސްލު ނަމަކީ “ދެވި” ކަމެވެ.

ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާޒް ޒަކީ އާ ގުޅިގެން މި ފިލްމު ގެންނަކަމީ، މި އުފެއްދުމަކީ ވަރުގަދަ، ކޮލިޓީ އުފެއްދުމަކަށް ވެގެންދާނެ ކަމެކެވެ. ފިލްމުގެ ނަން ހާމަކުރުމަށް އާއްމުކުރި ވީޑިއޯއިން ހައިރާންކަމެއް ލިބިގެން ދިޔައީ، މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ފިލްމީ ދާއިރާގެ އެކިއެކި ފަންނުތަކުގައި ނަން މަޝްހޫރު ސޭންޑީ ކަން އެނގުނު ހިސާބުންނެވެ. މަރިޔަމް އައްޒަ ޕްރޮޑިއުސްކުރާ “ދެވި” ލިޔެފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު އެވެ.

ދެވި” ފިލްމުގައި ހަރަކާތްތެރިވާ މުހިންމު ތަރިންނަނީ މަރިޔަމް އައްޒަ، ޝަރަފް ޢަބްދުﷲ، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) އެވެ.

ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާ ފިލްމު “ދެވި” ކެމެރާކޮށްފައިވަނީ ލައިޓްސްއައުޓްގެ ސަމާހް އިބްރާހީމް އެވެ.

ޔާރާގެ “ދެވި” އޮލިމްޕަހުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2026ގައެވެ.

ޔާރާ ޕްރޮޑަކްޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި ފިލްމަކީ ބެލުންތެރިން ޝައުގުވެރިވާނެ ތަފާތު ރަހަތަކެއް އެކުލެވޭނެ އުފެއްދުމެކެވެ.

ފިލްމުގެ ނަން ހާމަކުރުމާއެކު، ފިލްމީ ދާއިރާގެ ގިނަ ބަޔަކާއި ސަޕޯޓަރުން އަންނަނީ މި ފިލްމަށް ބޮޑު އިންތިޒާރެއް ކުރަމުންދާކަން ހާމަކުރަމުންނެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top