ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭ އާއި ސައިފްގެ “ހައިވާން” ސެޕްޓެމްބަރުގައި
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން އެކުގައި ފެނިގެންދާ އާ ފިލްމު “ހައިވާން” ރިލީޒްކުރާ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރްޝަން އުފައްދާ މި ސަސްޕެންސް ތުރިލާ ސިނަމާތަކަށް އަންނާނީ 11 ސެޕްޓެމްބަރު 2026 ގައެވެ. ފިލްމު އުފައްދާ ފަރާތްތަކުން ސޯޝަލް މީޑިއާގައި މިކަން ހާމަކޮށްފައިވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކުގައެވެ.

މިއީ ގާތްގަނޑަކަށް 18 އަހަރުގެ މެދުކެނޑުމަކަށްފަހު އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން އެކުގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިފައިވަނީ 2008 ވަނަ އަހަރު ނެރުނު “ތަޝަން” އިންނެވެ.

މި ފިލްމުގައި ހިމެނޭ ތަރިންގެ ތެރޭގައި ކާޖޮލް، ބޮބީ ޑިއޯލް، ބޯމަން އިރާނީ، ޝްރިޔާ ޕިލްގާއޮންކަރ، ސަޔާމީ ކޭރް އަދި ޖިޝޫ ސެންގުޕްތާ ހިމެނެއެވެ. މީގެ އިތުރުން މަލަޔާޅަމް ސިނަމާގެ ތަރި މޯހަންލާލް ޚާއްސަ ފެނިލުމަކުން މި ފިލްމުގައި ފެންނާނެކަން ޑައިރެކްޓަރު ވަނީ ކަށަވަރުކޮށްދީފައެވެ.

ޑައިރެކްޓަރު ޕްރިޔަދަރްޝަން ބުނި ގޮތުގައި އޭނާ އަބަދުވެސް އިސްކަންދެނީ ފިލްމުގެ ސްކްރިޕްޓަށެވެ. އަދި މި ފިލްމަށް ތަރިން ހޮވާފައިވަނީ ސްކްރިޕްޓަށް ބޭނުންވާ އެންމެ އެކަށީގެންވާ މީހުންނަށް ބަލައިގެން ކަމަށް އޭނާ ފާހަގަކުރިއެވެ.

ޕްރިޔަދަރްޝަންއަކީ އާންމުކޮށް ކޮމެޑީ ފިލްމުތަކަށް މަޝްހޫރު މީހެއް ނަމަވެސް، މި ފިލްމަކީ ވަރަށް ތަފާތު، ބެލުންތެރިން ކެތްމަދުކޮށްލާނެ ފަދަ ސަސްޕެންސް ތުރިލާއެއް ކަމަށް ޚަބަރުތައް ބުނެއެވެ. އަކްޝޭ އާއި ސައިފްގެ ކާމިޔާބު ޖޯޑު އަލުން ސްކްރީނުން ފެންނާނެތީ ފޭނުން ތިބީ ވަރަށް ބޮޑު އިންތިޒާރެއްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top