ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އުޒްބެކިސްތާން ބަލިކޮށް ކޮންގޯއިން ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް
ފޮޓޯ: ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އުޒްބަކިސްތާން ބަލިކޮށް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ތާރީޚީ މޮޅެއް ހޯދައިފިއެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗު ކޮންގޯ އިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އުޒްބަކިސްތާނުންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެލްޑޯ ޝޮމުރޮޑޯވްއެވެ. އޭގެ ފަހުން ކޮންގޯގެ ނަތަނެއަލް އެމްބޫކޫ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ލަނޑު ޖެހުމުގެ ކުރިން އުޒްބެކިސްތާން ކުޅުންތެރިއެއްގެ މޫނުމަތީގައި ޖެހުމުން އެއީ ފައުލެއް ކަމަށް ނިންމައި ގޯލު ޤަބޫލުނުކޮށްފައެވެ.

ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ކޮންގޯ އިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ކޮންގޯއިން މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔޯއާން ވިސާ ނަތީޖާ ހަމަހަމަކޮށްދިންއިރު، 78 ވަނަ މިނެޓުގައި ފިސްޓަން މަޔޭލީ ވަނީ ކޮންގޯއަށް ލީޑު ނަގައިދީފައެވެ. ކޮންގޯގެ ތިންވަނަ ލަނޑު ޖަހައި، ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްދިނީ ވިސާ އެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރީ 7 ޕޮއިންޓާއެކު އެއްވަނަ ހޯދި ކޮލަމްބިއާ އާއި 5 ޕޮއިންޓާއެކު ދެވަނަ ހޯދި ޕޯޗުގަލްގެ އިތުރުން 4 ޕޮއިންޓާއެކު ތިންވަނަ ހޯދި ކޮންގޯއެވެ. އުޒްބަކިސްތާން މުބާރާތުން ވަކިވީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮވެއެވެ.

މިއީ ކޮންގޯގެ ފުޓްބޯޅަ ތާރީޚުގައި ވެސް ވޯލްޑް ކަޕެއްގެ ދެވަނަ ބުރަށް އެ ޤައުމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއެކު ކޮންގޯގެ ސަޕޯޓަރުންގެ ފަރާތުން އާދަޔާ ޚިލާފު އުފާވެރިކަމެއް ފެނިގެންދިޔައިރު، ބައެއް ސަޕޯޓަރުންގެ މޫނުމަތިން އުފަލުގެ ކަރުނަ ފައިބަމުންދިޔަ މަންޒަރު ފެނިގެންދިޔައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top