“ސެންޓް ސީރީޒް” މެދުވެރިކޮށް މިފަހަރު އަޅުގަނޑުމެން ބަލައިލާނީ ރަލްފް ލޯރެންގެ އެންމެ ފަހުގެ އުފެއްދުމަކަށެވެ. މިއީ ޕޯލޯ 67 ގެ ހަކަތައިން ފުރިގެންވާ ރޫޙު، މާ ވަރުގަދަ އަދި މާ ފުރިހަމަ މިސްރާބަކަށް ގެންގޮސްދޭ ސެންޓެކެވެ.
މިއީ ރަލްފް ލޯރެންގެ “ޕޯލޯ 67 އޯ ޑި ޕަރފަމް އެކްސްޓްރީމް” އެވެ. މިއީ ލަކުޑީގެ ވަހާއި އަންބަރީ ވަސްތައް އެކުލެވޭ، ފިރިހެނުންނަށް ޚާއްސަ ސެންޓެކެވެ. 2026 ވަނަ އަހަރު ބާޒާރަށް ނެރުނު މި ސެންޓަކީ “ޕޯލޯ 67 ކަލެކްޝަން”ގެ އެންމެ ގަދަ އަދި އެންމެ ވަރުގަދަ ވަސް އެކުލެވޭ އުފެއްދުމެވެ.
މި ސެންޓް އިޚްތިޔާރު ކުރަންވީ ކީއްވެ؟ ތާޒާކަމާއި ފުރިހަމަ ވަރުގަދަކަން
“ޕޯލޯ 67 އޯ ޑި ޕަރފަމް އެކްސްޓްރީމް” ޖަހައިލާ ފުރަތަމަ ފަހަރުވެސް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެގެންދާކަން އިހުސާސްކުރެވޭނެއެވެ.
މި ސެންޓުން ލިބިދޭ އިޙުސާސްތަކަކީ:
● ހޫނު މެންދުރުފަހެއްގެ ވަގުތުގައި ލިބޭ ތާޒާ ހުތް މޭވާގެ ވަސް
● ޒަމާނީ އަދި ފުރިހަމަ ގޮތަކަށް އެކުލެވިފައިވާ އަލަނާސީގެ ފޮނި ވަސް
● ވަރުގަދަ ޝަހުސިއްޔަތެއް ސިފަކޮށްދޭ އޮމާން ލެދަރާއި ލަކުޑީގެ ވަސް
މިއީ ކުޅިވަރުގެ ތާޒާކަމާއި ފިރިހެންވަންތަ ފުންކަން އެކުލެވޭ، މުސްތަޤުބަލަށް އުންމީދުކުރާ ޒަމާނީ އަދި ފުރިހަމަ ސްޓައިލެއް ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ސެންޓެކެވެ.
ވަސްތަކުގެ އެކުލެވުން:
● މަތީ ނޯޓްސް: ބާގަމޮޓް، ލެމަން، ކާފޫރުތޮޅި
● މެދު ނޯޓްސް: އަލަނާސި، ކްލޭރީ ސޭޖް، ޖެރޭނިއަމް
● ބޭސް ނޯޓްސް: ލެދަރު، ސީޑަރވުޑް، ވެޓިވާ، ސެންޑަލްވުޑް
މި ސެންޓު ޖަހައިލުމާއެކު ފުރަތަމަ ދުވާނީ ސިޓްރަސް އާއި ކާފޫރުތޮޅީގެ ތާޒާ ވަހެވެ. އޭގެ ފަހުން މި ސެންޓުގެ އެންމެ ޚާއްސަ ވަސް ކަމުގައިވާ އަލަނާސީގެ ވަސް ހާމަވެގެންދެއެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް، އޮމާން ލެދަރާއި މުއްސަނދި ލަކުޑީގެ ވަސްތައް ބޭރުވެ، ހޫނު އަދި ފުރިހަމަކަމެއް ސެންޓަށް ގެނެސްދެއެވެ.
ވަސް ހުންނަ މުއްދަތާއި ފެތުރޭ މިންވަރު
● ވަސް ފެތުރޭ މިންވަރު: ވަރުގަދަ
● ވަސް ހުންނަ މުއްދަތު: 8 އާއި 10 ގަޑިއިރަށްވުރެ ގިނައިރު
“ޕޯލޯ 67 އެކްސްޓްރީމް” އަކީ މީހުންގެ ސަމާލުކަން ހޯދުމަށް ފަރުމާކޮށްފައިވާ ސެންޓެކެވެ. މާ ގަދަވެގެން އުނދަގޫ ނުވާނޭހެން، ދުވަސް ނިމެންދެން މީގެ ވަސް ހުންނާނެއެވެ. މިއީ ބޭނުންކުރާ މީހުންގެ މެދުގައި ވަރަށް މަޤުބޫލު އަދި ތަޢުރީފު ލިބޭ ވަހެކެވެ.
މި ސެންޓު އެންމެ އެކަށީގެންވަނީ ކޮން ބަޔަކަށް؟
މިއީ ތިރީގައިވާ ފަރާތްތަކަށް ވަރަށް ފުރިހަމަ ސެންޓެކެވެ.
● ތާޒާ ވަސްތަކަށް ލޯބިކުރާ، އެހެންނަމަވެސް ވަރުގަދަ ވަހެއް ބޭނުންވާ މީހުންނަށް
● މޭވާގެ ވަހާއި ލަކުޑި އަދި ލެދަރުގެ ވަސް އެކުލެވޭ ސެންޓުތަކަށް ގަޔާވާ މީހުންނަށް
● ކޮންމެ ތަނަކަށް ދިޔަޔަސް އެ މީހަކު ވަކިކޮށްދޭނެ ފަދަ ސެންޓެއް ބޭނުންވާ މީހުންނަށް
މިއީ ދުވާލުގެ ވަގުތުތަކުގައި ހަކަތަ ގެނެސްދޭ، އަދި ރޭގަނޑުގެ ހަފްލާތަކަށް އެކަށީގެންވާ ފަދަ މޮޅު ސެންޓެކެވެ.
ބޭނުންކުރުމަށް އިރުޝާދެއް
● އަލަނާސީގެ ފޮނި ވަސް އިތުރަށް ފާހަގަކޮށްލުމަށްޓަކައި، ވެނީލާ ވަސް ހުންނަ ލޯޝަނަކާއެކު ބޭނުންކުރެވިދާނެއެވެ.
● މާ އޮމާން އަދި ހިތްގައިމު ވަހެއް ބޭނުންނަމަ މީގެ މައްޗަށް “މަސްކް” ވަސް ހުންނަ ސެންޓެއް ޖަހައިލެވިދާނެއެވެ.
● މި ސެންޓަކީ އޭގެ ޒާތުގައިވެސް ވަރުގަދަ ސެންޓެއް ކަމުން، އެހެން ސެންޓުތަކާ އެކުލަވައިލާއިރު މަދުން ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ.
“ޕޯލޯ 67 އޯ ޑި ޕަރފަމް އެކްސްޓްރީމް” އަކީ އަސްލު ޕޯލޯ 67 ގެ ކުޅިވަރުވަންތަ ސިފަތައް ހިމެނޭ، ނަމަވެސް އެއަށްވުރެ މާ މުއްސަނދި އަދި ޒަމާނީ ސެންޓެކެވެ. މީގެ ނަތީޖާއަކީ ހިތްގައިމު، ކަރިސްމެޓިކް އަދި ހަނދާނުން ފޮހެލަން ދަތި ވަހެކެވެ. މިއީ ކާމިޔާބީއަށް އެދޭ މީހުންގެ ވަހެވެ. ތިބާއަށް ހަކަތަ ގެނެސްދޭހާ ތާޒާ، އަދި ދިޔަ ކޮންމެ ތަނެއްގައި ތިބާގެ ހަނދާން އާކޮށްދޭހާ ވަރުގަދަ ސެންޓެކެވެ.
