ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖިބްރާންގެ ކެރެކްޓަރ ލިޔުމަކީ ފަސޭހަކަމަކަށް ނުވި – ޢާއިޝަތު ފުއާދު

ޖިބްރާންގެ ޝަޚްސިއްޔަތު ބިނާކޮށް ލިޔުމަކީ ފަސޭހަކަމަށް ނުވިކަމަށް ފިލްމު “ޖަންނަތު”ގެ އެއް ލިޔުންތެރިޔާ އައިޝަތު ފުއާދު ތަޢުފީޤް ބުނެފިއެވެ.

“ޖިބްރާންގެ ކެރެކްޓަރ ލިޔުމަކީ ފަސޭހަކަމަކަށް ނުވި. މި މަޝްރޫޢު ފެށިއިރުވެސް އަހަރެންނާއި ތޮލްއަށް މިކަން އޮތީ ވަރަށް ރަނގަޅަށް އެނގިފަ. އަހަރެމެން އެންމެ ބޮޑަށް ބޭނުންވީ ޖިބްރާންގެ ކެރެކްޓަރަކީ އިތުބާރު ހިފޭ، އަދި އެއަށްވުރެވެސް ބޮޑަށް ޝަރަފުވެރިކަމާއެކު ފެނިގެންދާނެ ކެރެކްޓަރަކަށް ހެދުމަށް.” ޢާއިޝަތު ފުއާދު / ސްކްރީން ރައިޓަރ

ފޭސްބްކް މެދުވެރިކޮށް ޢާއިޝަތު ފުއާދު އާއްމުކުރި މެސެޖްގައި އިތުރަށް ބުނެފައިވަނީ ޖިބްރާންގެ ކެރެކްޓަރ ދިރުވައި އާލާކުރުމުގައި އައިޝަތު ނަޝާތު އަދި މަރިޔަމް ޝިފާޔާ ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރާ ކަމަށެވެ.

“އަދި ޝަރަފް އެ ކެރެކްޓަރ ކުޅެދިން ފުރިހަމަގޮތާއި، ޗިއްޕެގެ ފަންނުވެރިކަމާއި، ޒިއްޕެގެ ކެމެރާގެ ހުނަރުވެރިކަމުން ޖިބްރާން ގެނެސްދިން ފުރިހަމަ ގޮތް ފާހަގަކޮށްލެވޭ.”

ފިލްމު “ޖަންނަތު”ގެ ސްކްރީންޕްލޭ ލިޔުމުގައި ޢާއިޝަތު ފުއާދު އާއެކު ބައިވެރިވި އަޙްމަދު ތޮލާލް, ފިލްމު ޑައިރެކްޓްކުރި ޢަލީ ޝިފާޢު، ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ)، ކެމެރާކުރި އަޙްމަދު ޒިފާފް އަދި ޖިބްރާންގެ އުނދަގޫ އަދި އެހާމެ ސެންސިޓިވް ކެރެކްޓަރ ކުޅުނު ޝަރަފުއަށް “މިއީ ތެދެއް ނޫން ހެއްޔޭ” ބުނެ ޓެގްކޮށް އޭނާ ލިޔެފައިވެއެވެ.

3 އޯގަސްޓް 2026ގައި ރިލީޒްކުރާ ފިލްމު “ޖަންނަތު”ގެ ރަސްމީ ޕޯސްޓަރު މިމަހުގެ 29 ވަނަ ދުވަހު ހެނދުނު އާއްމުކުރާނެ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.

“ޖަންނަތު” ގެ ޓިކެޓްވެސް މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ސީދާ ގަންނަން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ އޮންލައިންކޮށް ޓިކެޓް ބައްލަވައިގަތުމަށް 9911229 އަށް ވައިބަރ މެސެޖެއް ކުރެއްވުމަށް ޑާކް ރެއިންއިން އެދެއެވެ.

“ޖަންނަތު”ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ޝަރަފް ޢަބްދުﷲ އާއި އާމިނަތު ޝުހާގެ އިތުރުން ތަޖުރިބާކާރު އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top