ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “މުހާފިޒް” ދައްކަން ފަށަނީ

ޕާކިސްތާން ޑްރާމާ “މުހާފިޒް” މި ހިނގާ ޖޫން މަހުގެ 30 ގައި ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.

މި ޑްރާމާގެ އިސް ރޯލުތަކުން ފެނިގެންދާނީ މަޝްހޫރު އެކްޓަރު ޖުނައިދު ޚާން އަދި މޫމިނާ އިޤްބާލެވެ. މީގެ އިތުރުން ސޮހައިލް ސަމީރު، ޔޫސުފް ބަޝީރު ޤުރޭސީ، ޖުނައިދު އަޚްތަރު އަދި ޝާހީން ޚާން ފަދަ ހުނަރުވެރި ގިނަ ތަރިންތަކެއް މުހިންމު ރޯލުތަކަކުން މި ޑްރާމާގައި ފެނިގެންދާނެއެވެ.

މި ޑްރާމާގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ކެރޭ، ހިތްވަރުގަދަ ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ޒުބާރް ބަޚްތާއި، އެމެރިކާގައި ކިޔަވަން އުޅުމަށްފަހު އެނބުރި ޤައުމަށް އައި މުއްސަނދި އާއިލާއެއްގެ އަންހެން ކުއްޖެއް ކަމަށްވާ ޕާރަސްގެ މައްޗަށެވެ. ޒުބާރްގެ ވަޒީފާއަކީ ޕާރަސްގެ ހަށިފާރަވެރިއެއްގެ ގޮތުގައި އޭނާ ރައްކާތެރިކުރުމެވެ. ނަމަވެސް، މިނިވަންކަމަށް ލޯބިކުރާ ޕާރަސްއަށް މި ފާރަވެރިކަން ވެގެންދަނީ އޭނާގެ މިނިވަންކަމަށް އެޅޭ ހުރަހަކަށެވެ.

މި ދެމީހުންގެ މެދުގައި ފެށޭ ދެބަސްވުންތަކާއި، ޒުބާރްގެ މަސައްކަތުގެ އަޚްލާޤާއި ޕާރަސްގެ ގޮތްދޫނުކުރުމުގެ ސަބަބުން އުފެދޭ ކުރިމަތިލުންތައް މި ޑްރާމާއިން ފެނިގެންދާނެއެވެ. އެހެންނަމަވެސް، ދެމީހުންގެ ބަފައިންނާ ގުޅިފައިވާ އަސަރުގަދަ ހާދިސާތަކާއި، ދިމާވާ ނުރައްކާތެރި ހާލަތްތަކުގެ ތެރެއިން މި ދެމީހުންގެ މެދުގައި ވަރުގަދަ ލޯބީގެ ގުޅުމެއް އުފެދިގެންދާގޮތް މި ޑްރާމާގައި ވަރަށް ޝައުޤުވެރިކޮށް ދައްކުވައިދޭނެކަން އާންމުކޮށްފައިވާ ޓީޒާތަކުން އެނގެއެވެ.

މި ޑްރާމާއަކީ ސާދިޔާ އަޚްތަރުގެ ސްކްރީންޕްލޭއަކަށް ސައީދު ރާމިޝް ރިޒްވީ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. ޕްރޮޑިއުސްކުރީ ސެވެންތު ސްކައި އެންޓަޓެއިންމަންޓްގެ ކުޑައިގެ ދަށުން އަބްދުﷲ ކަދުވާނީ އާއި އަސަރު ޤުރޭޝީއެވެ.

މާދަމާ ރޭ ޖިއޯ ޓީވީއިން “މުހާފިޒް” ދައްކަން ފަށާއިރު، އެޕިސޯޑްތައް ދައްކަން ތާވަލުކޮށްފައިވަނީ ކޮންމެ ރެއެއްގެ 9:00 ގައެވެ. ޖިއޯ ޓީވީގެ އިތުރުން އޮންލައިންކޮށް ޖިއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top